Wednesday, 9 September 2026
Ads by

ސިފައިންގެ ކުރީގެ ޗީފް އަބްދުއްރަހީމް ތުރުކީގެ ސަފީރަކަށް ހަމަޖައްސަނީ

ސިފައިންގެ ކުރީގެ ޗީފް އަބްދުއްރަހީމް ތުރުކީގެ ސަފީރަކަށް ހަމަޖައްސަނީ

ރާއްޖެއިން ތުރުކީއަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފު ހަމަޖައްސަން ސަރުކާރުން ނިންމައިފިއެވެ.

Ad Image
Ads by

އަބްދުއްރަހީމް 39 އަހަރަށް ފަހު، ހިދުމަތުން ރިޓަޔާ ކުރެއްވީ، މިދިޔަ މަހު 17ގައެވެ. ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު އޭނާ ރިޓަޔާ ކުރެއްވީ، ސިފައިންގެ ގާނޫނުގައި ބުނާގޮތުން އުމުރުން 60 އަހަރު ފުރުމުންނެވެ.

ސިފައިންގެ ގާނޫނު ބުނާގޮތުން، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ.

ރާއްޖެއިން ފުރަތަމަ ތުރުކީއަށް ކަނޑައަޅާ ސަފީރަކަށް އަބްދުއްރަހީމް އައްޔަން ކުރެއްވުމަށް ނިންމަވާފައިވާއިރު މިހާރު އަބްދުއްރަހީމް ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.

އަބްދުއްރަހީމަށް ސްޓޭޓް މިނިސްޓަރުކަން ދީފައިވާކަން އެނގުނީ އިއްޔެ ފޮރިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓަކުންނެވެ. މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގައި ސްޓޭޓް މިނިސްޓަރެއްގެ ހައިސިއްޔަތުން އޭނާ ބައިވެރިވެވަޑައިގަންނަވާފައިވާ ކަމަށް އެ ޕޯސްޓްގައިވެއެވެ.

ތުރުކީގެ ސަފީރަކަށް އަބްދުއްރަހީމް އައްޔަން ކުރަން ނިންމާފައިވާ އިރު، އެ ގައުމުގައި އަލަށް ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ވެސް ސަރުކާރުން އޮތީ ނިންމައިފައެވެ. އެކަން ސަރުކާރުން އިއުލާންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް މުއިއްޒު ހުވާލުރެއްވުމަށް ފަހު، ރާއްޖެ އިން ބޭރަށް އެންމެ ފުރަތަމަ ކުރެއްވި ދަތުރުގެ ގޮތުގައި ތުރުކީ އަށް ކުރެއްވި ދަތުރުގެ ތެރޭގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި