Tuesday, 17 November 2026
Ads by

މާލޭ އިންޑަސްޓްރިއަލް ވިލެޖުން 928 ޓަނުގެ ކުނި ނަގައިފި

މާލޭ އިންޑަސްޓްރިއަލް ވިލެޖުން 928 ޓަނުގެ ކުނި ނަގައިފި

ފޮޓޯ: ވެމްކޯ

މާލޭ އިންޑަސްޓްރިއަލް ވިލެޖް ސާފު ކުރުމުގެ މަސައްކަތުގެ ތެރއިން 928 ޓަނުގެ ކުނި ނަގާފައިވާ ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

Ad Image
Ads by

އިންޑަސްޓްރިއަލް ވިލެޖް ސާފް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ މާލެ ސިޓީ ކައުންސިލްގެ ފަރާތުންނެވެ. މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ އެ ސަރަހައްދު ސާފުކުރުމަށް ފަހުގައި ބައެއް މަގުތަކަށް އާންމުނަށް ނުވަދެވޭ ގޮތައް ބަންދުކުރާނެ ކަމަށެވެ. އެއީ އެ މަގުތަކުގައި ޕިކަޕްތައް ޕާކުކޮށް ކުނިއަޅާތީ ކަމަށްވެސް ބުނެފައި ވެއެވެ.

މި ހަރަކާތުގެ ވެމްކޯއާއި ސިޓީތަކާއި ބެހޭ ވުޒާރާ އާއި ގެދޮރުވެރިކަމާއި ބެވޭ ވުޒާރާ އާައި އެމްޕީއެލްއާއި ފުލުހުން ވެސް ބައިވެރިވާ ކަމަށް ކައުންސިލުން ބުނެއެވެ.

އެ މަސައްކަތް މީގެ 3 ދުވަސް ކުރިން ފެށިއިރު، 3 ދުވަސް ތެރޭގައި 928 ޓަނުގެ ކުނި ނެގިފައިވާ ކަމަށް ވެމްކޯއިން މައުލޫމާތު ދެއްވައެވެ.

އިންޑަސްޓްރިއަލް ވިޖެލް ސާފުކުރަނީ އެތަން ސާފުނުކޮށް ގިނަ ދުވަސްވެފައިވާތީ ބަތިލަތް އިތުރުވަމުންދާތީ ކަމަށް ކައުންސިލުން ބުނެއެވެ. އަދި އެ މަސައްކަތް ކުރަމުންދަނީ މާލެ ސާފުކޮށް ބެހެއްޓުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށް ވެސް ބުނެފައި ވެއެވެ.

އިންޑަސްޓްރިއަލް ވިލެޖަކީ ގުދަންތަކާއި ވޯކްޝޮޕާއި ވެހިކަލް މަރާމާތުކުރާ ގަރާޖު ފަދަ ތަންތަން، މާލެ ތެރޭގައި ހެދުން ހުއްޓުމަކަށް ގެނެސް، އެފަދަ ތަންތަން މީހުން އުޅޭ ސަރަހައްދާ ދުރަށް ގެންދަން ކަމަށް ބުނެ، ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހިއްކި ސަރަހައްދެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި