Wednesday, 9 September 2026
Ads by

2028 ވަނަ އަހަރުގެ މިނިވަން ދުވަސް އަންނައިރު ރާއްޖެއަކީ ތަރައްޤީވެފައިވާ މޯލްޑިވްސް 2.0 އަށް ވެގެންދާނެ: ރައީސް

2028 ވަނަ އަހަރުގެ މިނިވަން ދުވަސް އަންނައިރު ރާއްޖެއަކީ ތަރައްޤީވެފައިވާ މޯލްޑިވްސް 2.0 އަށް ވެގެންދާނެ: ރައީސް

2028 ވަނަ އަހަރުގެ މިނިވަން ދުވަހާ ދިވެހިން ބައްދަލުކުރާނީ، ރާއްޖޭގެ ތާރީޚުގައި ނުދެކޭފަދަ ބޮޑު ތަރައްޤީއަކާއެކު، އުންމީދު ކުރި ”މޯލްޑިވްސް 2.0“ ގެ ފުރިހަމަ ތަޞައްވުރުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2028 ވަނަ އަހަރުގެ ޖުލައި 26 އާ ބައްދަލުކުރާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ނިމި، ކުނި މެނޭޖްކުރާ ސެންޓަރުތަކާއި، އޭޓީއެމްގެ ޚިދުމަތާއި، ކުޑަކުދިންގެ ޕާކުތަކުގެ އިތުރުން ފިޓްނަސް ސެންޓަރުތަކާއި އައުޓްޑޯ ޖިމްތައް ގާއިމްކުރެވިފައި ހުންނާނެ ކަމަށެވެ.

އަތޮޅުތަކުގެ ތަރައްޤީއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހި، 30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓްތައް ބިނާކުރެވިފައި ހުންނާނެ ކަމަށެވެ. އަދި ސިއްހީ ދާއިރާއިން ސީޓީ ސްކޭން، ޑައިލިސިސް، ތެލެސީމިއާގެ ޚިދުމަތް އަދި ބްލަޑް ބޭންކް ފަދަ މުހިންމު ޚިދުމަތްތައް ކޮންމެ އަތޮޅަކުން ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާއިން MNU އަދި IUM ގެ ކެމްޕަސްތައް ކޮންމެ އަތޮޅެއްގައި ހުޅުވި، ޓާޝަރީ އެޑިއުކޭޝަންގެ ފުރުސަތުތައް ފުޅާކުރެވިގެންދާނެއެވެ. މީގެ އިތުރުން، އިސްލާމީ މަރުކަޒުތަކާއި ޤުރުއާނާ ބެހޭ މަރުކަޒުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކޮށް، ދީނީ ރޫޙު އާލާކުރުމަށް އިސްކަންދެއްވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އިޤްތިޞާދީ އަދި ތިމާވެށީގެ ދާއިރާއިން ރައީސް އިޢުލާނުކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި:

ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން.
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު ނިންމުން.
ރައްޔިތުންގެ ޖީބަށް ސީދާ ޑޮލަރު ވަންނަ ގޮތަށް ފަރުމާކުރެވިފައިވާ 10 ރިސޯޓުގެ މަޝްރޫޢު ބާރުމިނުގައި ކުރިއަށް ގެންދިއުން.
މަދުވެގެން 100 ރަށުގެ ކައުންސިލް އިމާރާތް ނިންމައި ހަވާލުކުރުން.

މާލެ ސަރަހައްދުގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްދާ ތިލަމާލެ ބްރިޖް 2028 އަށް ހުޅުވި، ޗައިނާ ސަރުކާރުގެ އެހީގައި މާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫޢު ނިމުމަކާ ގާތްވާނެ ކަމަށެވެ. އަދި ޕާކިންގ ބިލްޑިންގތަކާއި، ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ނިމި، މާލޭގެ ޕޯޓް ބަދަލުކުރުމުގެ މަސައްކަތްވެސް ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އިރާދަކުރެއްވިއްޔާ Maldives 2.0 އޭގެ ފުރިހަމަ މާނައިގައި އޮންނާނީ ތަންފީޒުކުރަން ފެށިފައި. މިއީ 2040 ވަނަ އަހަރާ ހަމައަށްދާއިރު ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށްޓަކައި އަޅާ ވަރުގަދަ ބިންގަލެއް،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، މި ހުރިހާ މަޝްރޫޢުތަކަކީވެސް ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ވަރުގަދަކޮށް، ރައްޔިތުންގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ދުރުރާސްތާ އަމާޒެއްކަން ހާމަކުރެއްވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި