Sunday, 26 July 2026
Ads by

އެމްޑީޕީން ގެންގުޅުނީ ޕްރޯ އިޒްރޭލު ފޮރިން ޕޮލިސީއެއް: ރައީސް

އެމްޑީޕީން ގެންގުޅުނީ ޕްރޯ އިޒްރޭލު ފޮރިން ޕޮލިސީއެއް: ރައީސް

އިދިކޮޅު އެމްޑީޕީން ރާއްޖޭގެ ވެރިކަމަށް އައި ކޮންމެ ފަހަރަކު ފެނިގެން ގޮސްފައިވަނީ  އިސްލާމީ ގައުމުތަކާ ދުރު އަދި އިޒްރޭލަށް ފަހި ހާރިޖީ ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުތަކުން ފެނިގެން ދިޔައީ ދިވެހި ރައްޔިތުންގެ ވިސްނުމާއި ސަގާފަތާ މުޅިން ހިލާފު، އަދި އިސްލާމީ އުއްމަތާ ގުޅުން ކުޑަ ހާރިޖީ ސިޔާސަތުތަކެއް ތަންފީޒު ކުރަމުން ދިޔަ މަންޒަރެވެ.

”މީގެ ކުރީގައި އެމްޑީޕީގެ ވެރިކަން މިތާނގައި ހިނގި ކޮންމެ ފަހަރެއްގައި އޮތީ އޭގެ ދިމާ އިނދިކޮޅު. މި ހަގީގަތް ފެންނަން އޮތް. ޕްރޯ އިޒްރޭލު ފޮރިން ޕޮޮލިސީއެއް މިތާ ތަންފީޒު ކުރި. އަރަބި އިސްލާމީ ގައުމުތަކާ ދުރުވެގަތީ. މީކީ ދިވެހިންނަށް ދޯޅު ގޮތެއް ނޫން – ރައީސް

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ ސިޔާސަތުތަކުގެ ސަބަބުން އަރަބި އަދި އިސްލާމީ ގައުމުތަކާ އޮތް ގުޅުން ހީނަރުވެ، ދިވެހިންގެ އަގީދާއާ ބީރައްޓެހި ހާލަތަކަށް ކަންކަން ގޮސްފައިވެއެވެ.

މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށް އިސްކަންދޭ ”މޯލްޑިވްސް ފަސްޓް“ ސިޔާސަތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ހާރިޖީ ގުޅުމެއް ބިނާވާނީ ދިވެހިންގެ ދީނީ އަގީދާއާއި ގައުމީ ހަމަތަކުގެ މައްޗަށް ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން ގެންދަނީ އިސްލާމީ ގައުމުތަކާއި ދުނިޔޭގެ އެކި ގައުމުތަކާއެކު ސުލްހަވެރި އަދި ބަދަހި ގުޅުމެއް ގާއިމުކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަކީ އަބަދުވެސް ސުލްހައަށް ލޯބިކުރާ ގައުމެއްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވަނީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމުގައި ސަރުކާރުން ދޫނުދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.  ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް، ދިވެހިންގެ އަގީދާއާއި ގަބޫލުކުރާ އުސޫލުތައް ހިމާޔަތްކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަން ރައީސް ތަކުރާރުކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
raalh
ރާޅުގަނޑު ސަރަޙައްދުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ސާފިންގ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް!
madam minivan
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ތަހުނިޔާ ފޮނުއްވައިފި
th project
ތ. އަތޮޅުގައި 175 މިލިޔަން ޑޮލަރުގެ ބިޔަ ޓައުންޝިޕް މަޝްރޫއެއް ފަށަނީ
20260726_002438
'ކޮކްރޯޗު' މުޒާހަރާތަކުގައި ބައިވެރިވި މުސްލިމު ދަރިވަރުންނަށް ޓާގެޓުކޮށް އިންޑިއާއިން ފިޔަވަޅު އަޅަމުންދާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި