Saturday, 24 October 2026
Ads by

ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި

ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ކަމުގައިވާ ”ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ“ ގެ ލަގަބު ހަތަރު ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުވައިފި އެވެ.

Ad Image
Ads by

ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މި ޝަރަފު އަރުވާފައިވަނީ ޑރ. މުހައްމަދު ލަތީފް، އިބްރާހީމް ރަޝީދު މޫސާ، ހުސައިން އަފީފް އަދި މުހައްމަދު މޫސާ (އުއްޗު) އަށެވެ.

ޑރ. މުހައްމަދު ލަތީފަށް މި ޝަރަފު އެރުވީ ތައުލީމީ ދާއިރާއާއި ހާރިޖީ ދާއިރާއަށް އޭނާ ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. ދައުލަތަށް 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ޑރ. ލަތީފަކީ، ތައުލީމީ މަންހަޖުތައް ހަރުދަނާކުރުމާއި، ޓީޗަރުން ތަމްރީނުކުރުމާއި، އަދި ރާއްޖޭގެ ހާރިޖީ ގުޅުންތައް ބަދަހިކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ރާއްޖޭގެ ފުރަތަމަ ކޮލެޖު އުފެއްދުމާއި، ސިވިލް ސާވިސްގެ ނިޒާމު ގާއިމުކުރުމުގައި ވެސް އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފަ އެވެ.

އިބްރާހީމް ރަޝީދު މޫސާއަށް މި އިއްޒަތް އެރުވީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ އިލްމު ފެތުރުމަށް އޭނާ ކުރެއްވި މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. މައުހަދުއްދިރާސާތިލް އިސްލާމިއްޔާގެ އިސްވެރިއެއްގެ ހައިސިއްޔަތުން، ރާއްޖޭގައި އަރަބި އަދި އިސްލާމީ ތައުލީމު ފުޅާކުރައްވައި، އިމާމުންނާއި ހަތީބުން ތަމްރީނުކުރުމަށް އޭނާ ހިންގެވި ޕުރޮގުރާމުތަކަކީ ދިވެހި މުޖުތަމައަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހުސައިން އަފީފަށް މި އިއްޒަތް އެރުވީ ފަތުރުވެރިކަމާއި، ހޮސްޕިޓޭލިޓީ، އޭވިއޭޝަން އަދި ސިއްހީ ދާއިރާއިން އޭނާ ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ ސަބަބުންނެވެ. ރާއްޖޭގެ ފުރަތަމަ ރިސޯޓު ހުޅުވުމުގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުކޮށް، ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވުމުގައި އަފީފް ވަނީ ނަމޫނާ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާއަށް މުހައްމަދު މޫސާ (އުއްޗު) ކުރެއްވި ހިދުމަތްތަކުގެ އަގުވަޒަންކޮށް، ދައުލަތުން ވަނީ އޭނާއަށް މި އިއްޒަތް އަރުވާފަ އެވެ. ވިޔަފާރިއާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ގިނަ ފައިދާތަކެއް ހޯއްދަވައިދެއްވުމުގެ އިތުރުން، އަމިއްލަފުޅަށް އިސްނަންގަވައިގެން ހިންގަވާ އަލިފުޅު ތުއްތު ފައުންޑޭޝަން މެދުވެރިކޮށް، ތައުލީމީ އަދި އިޖުތިމާއީ ކަންކަމުގައި ދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަކީ ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކަންކަމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް