Sunday, 26 July 2026
Ads by

މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ޤައުމުގެ މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ހުރިހާ ދިވެހިން އެކަތިގަނޑަކަށް ވުމަށް ގޮވާލައްވައިފިއެވެ.

Ad Image
Ads by

ސޯޝަލް މީޑިއާގައި ރައީސް ހިއްސާ ކުރެއްވި ތަހުނިޔާގެ މެސެޖުގައި، ރާއްޖެއަށް މިނިވަންކަން ހޯދައިދިނުމަށްޓަކައި ފުރާނައިން ޤުރުބާންވި އިޚްލާޞްތެރި ބަޠަލުންގެ ޒިކުރާ އާކުރައްވައި، އެ ބޭފުޅުންނަށް ހެޔޮ ދުޢާ ރައްދުކުރެއްވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިއަދުގެ ޖީލަށް އޮތް އެންމެ ބޮޑު މަސްއޫލިއްޔަތަކީ ކާބަފައިން އެ ހޯދައިދިން އަގުނުކުރެވޭ މިނިވަންކަން ރައްކާތެރިކަމާއެކު ދެމެހެއްޓުމެވެ.

މި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުހިންމު ހަތަރު ކަމަކަށް ބާރުއަޅުއްވާފައެވެ. އެއީ:

  1. ކޮންމެ ކަމެއްގައިމެ ޤައުމީ ލޯބި އިސްކުރުން.
  2. ޤައުމުގެ އުންމީދު ކަމަށްވާ ޒުވާނުންގެ ޤާބިލުކަން އިތުރުކުރުން.
  3. ދިވެހިންގެ އަމިއްލަވަންތަކަމަށް އޮތް ފަޚުރުވެރިކަން ދެމެހެއްޓުން.
  4. މުޖުތަމައުގެ ބަދަހި ގުޅުން ވަރުގަދަކުރުން.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކުރެވޭނީ މި ސިފަތައް އަށަގަންނުވައިގެން ކަމަށެވެ. އަދި ހިންމަތާއި މިންނަތުން މަސައްކަތްކުރާ ބަޔަކަށް ނޫނީ ކާމިޔާބީ ލިބުމެއް ނެތްކަން ފާހަގަކުރައްވައި، ”ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން“ ކަމަށް ވިދާޅުވެ، ރައްޔިތުންނަށް އުންމީދީ މެސެޖެއް ދެއްވިއެވެ.

މިނިވަން ދުވަހުގެ މި މުނާސަބަތަކީ ދިވެހި ކޮންމެ ރައްޔިތަކުވެސް ޤައުމީ ރޫޙު އާލާކޮށް، ޤައުމުގެ ކުރިއެރުމަށް އަތްގުޅާލަންވީ ވަގުތުކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުން ވަނީ ހަނދާންކޮށްދެއްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި