Sunday, 27 September 2026
Ads by

ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް

މާލޭގެ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން، އެމްޕީއެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް އޮތް ބައި ހެދުމުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމާއި އެ ސަރަޙައްދުގެ ބަނދަރުތައް ތަރައްޤީކުރުމުގެ އިތުރު ފިޔަވަހިތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

އެމްޕީއެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮންނަ ސަރަޙައްދުގެ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް އިމާރާތްކުރުމާބެހޭ ވުޒާރާއިން ވެސް ވަނީ ބުނެފައެވެ.

ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމައި، އާންމުންނަށް ބޭނުންކުރުމަށް ހުޅުވާލުމެވެ.

މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނުމަގުގެ އުތުރު ސަރަޙައްދު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް އޮތް ސަރަޙައްދު މިހާރު ވަނީ ތަރައްޤީކޮށް އާންމުންނަށް ހުޅުވާލާފައެވެ. މިގޮތުން، ފަޅުތެރެއިން ބައެއް ހިއްކައިގެން، ބޭރުމަގު ހަތަރު ލޭނަށް ފުޅާކުރުމަށްފަހު، 1.145 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރުއަޅާފައެވެ. މީގެ އިތުރުން ދުވާރާއި ފެންހިންދާ ނިޒާމު ޤާއިމުކޮށް، 500 ސައިކަލުގެ ޖާގައިގެ ބޮޑު ޕާކިންގް ޒޯނެއް ވެސް މި ސަރަޙައްދުގައި ވަނީ ގާއިމުކޮށްފައެވެ. މަގުގެ ދެން ހަދާ ބައިގައި ވެސް ހަތަރު ލޭން ހިމެނޭ ގޮތަށް، ދިވެހި ރުއް އިންދައިގެން ޒީނަތްތެރިކުރުމަށް ވަނީ ނިންމާފައެވެ.

https://x.com/MMuizzu/status/2080970757950304363?s=20

މި މަޝްރޫޢުގެ ތެރެއިން މާލޭގެ ބަނދަރު ސަރަޙައްދަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ރޭވިފައެވެ. އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކުރިމަތީ ލޯންޗުތައް ކައިރިކުރުމަށްޓަކައި ދެ ފަރާތުން ބޭނުންކުރެވޭ ގޮތަށް ތިން ފާލަމެއް އެޅުމަށް ހަމަޖެހިފައިވާއިރު، މި ފާލަންތަކުގައި އެއްފަހަރާ 30 އުޅަނދަށް ކައިރިކުރެވޭނެއެވެ.

ހަމައެހެންމެ، މަސްވެރިންގެ ޕާކުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް އޮންނަ ސަރަޙައްދުގައި ވެސް އިތުރު ތިން ފާލަން ގާއިމުކޮށް، އެއްވަގުތެއްގައި 18 ލޯންޗު ކައިރިކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މި ބަދަލުތަކުގެ ސަބަބުން މާލޭގެ ބޭރުމަގުގެ ތޮއްޖެހުން ކުޑަވެ، ދަތުރުފަތުރަށާއި ކަނޑުދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-27T002300
ރައީސް މުއިއްޒުގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފި
20260927_052909
އެމެރިކާއަށް ކުރާ އިތުބާރު ގެއްލިއްޖެކަމަށް ބުނެ އަނެއްކާވެސް ސުލްޙައިގެ ވާހަކަތައް އީރާނުން ހުއްޓާލައިފި
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި