ޔަމަނުގެ ހަތިޔާރު އެޅި ހޫޘީ ޖަމާޢަތުން ސަޢޫދީ ޢަރަބިއްޔާގެ ޖީޒާން އަދި ޔަންބުއި ގައިވާ ސަޢޫދީ އަރާމްކޯގެ ތެޔޮ ސައިޓްތަކަށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފިއެވެ.
Retaliatory strikes on Saudi Aramco after attack on Yemen's Hodeidah port
——
Thick black smoke is still billowing from Saudi Aramco's $12 billion Jazan refinery after a major missile and drone strike hit the critical energy facility.The attack, carried out by Yemen's… pic.twitter.com/nipljlKCk6
— The Cradle (@TheCradleMedia) July 25, 2026
ހޫޘިންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުނިގޮތުގައި، ޖީޒާން އަދި ޔަންބުއިގައިވާ އަރާމްކޯގެ ސައިޓްތަކަށް ހަމަލާދިނީ ބެލިސްޓިކް މިސައިލާއި، ކްރޫޒް މިސައިލް އަދި ޑްރޯން ބޭނުންކޮށްގެންނެވެ. ސެޓެލައިޓް އިމޭޖްތަކުންނާއި މީޑިއާ ރިޕޯޓްތަކުން ދައްކާގޮތުގައި ޖީޒާންގައިވާ އަރާމްކޯގެ ރިފައިނަރީގައި ބޮޑު ރޯވުމެއް ހިނގައި، ވަރަށް އުފުރަށް ދުންއަރަމުން ގޮސްފައިވެއެވެ.
ޙަމަލާތަކާއެކު ސަޢޫދީގެ ސިވިލް ޑިފެންސްއިން ވަނީ ޖީޒާން އަދި ޔަންބުގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ރައްކާތެރި ތަންތަނަށް ވަނުމަށް އިންޒާރު ދީފައެވެ. ހޫޘީން ބުނީ މިއީ ސަޢޫދީ އަސްކަރިއްޔާއިން ޔަމަނުގެ ޙުދައިދާއާއި ކަމަރާން އައިލެންޑަށް ދިން ވައިގެ ހަމަލާތަކުގެ ބަދަލުހިފުން ކަމަށެވެ.
މި ޙަމަލާތަކާއެކު 2022 ވަނަ އަހަރުން ފެށިގެން ސަޢޫދީ އާއި ހޫޘީންގެ ދެމެދުގައި އޮތް ސުލްޙަ ނިމުމަކަށް އައިސް، ޔަމަނު ހަނގުރާމަ އަލުން ފެށިގެންދާނެ ކަމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.




