Sunday, 26 July 2026
Ads by

ހުޅުމާލެ އެޕޯލޯ ކްރިސްޓަލް ބިލްޑިންގގެ އެޕާޓްމަންޓެއްގައި ރޯވި އަލިފާން ނިއްވާލައިފި

ހުޅުމާލެ އެޕޯލޯ ކްރިސްޓަލް ބިލްޑިންގގެ އެޕާޓްމަންޓެއްގައި ރޯވި އަލިފާން ނިއްވާލައިފި

ހުޅުމާލެ ފޭސް 1 ގައި ހުންނަ އެޕޯލޯ ކްރިސްޓަލް ބިލްޑިންގގެ އެޕާޓްމަންޓަކުން ދުން އަރަމުންދާ ކަމުގެ ރިޕޯޓް ލިބިގެން، ފުލުހުންނާއި އާންމުން ގުޅިގެން އެތަނުގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.

Ad Image
Ads by

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2026 ޖުލައި 25 ވަނަ ދުވަހުގެ މެންދުރުފަހު 13:57 އެހައިކަންހާއިރު ކަމަށެވެ. ރިޕޯޓް ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، ދުން އަރަމުންދަނީ އެ އިމާރާތުގެ 8 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަކުންކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ވަގުތު އެޕާޓްމަންޓުގައި އެއްވެސް މީހަކު ނެތުމުން، ފުލުހުންނާއި އެ ސަރަހައްދުގައި ތިބި އާންމުންގެ އެހީތެރިކަމާއެކު އެޕާޓްމަންޓުގެ ދޮރު ހަލާކުކޮށްލައިގެން އެތެރެއަށް ވަދެ، ރޯވެފައި ހުރި އަލިފާން ވަނީ ކޮންޓްރޯލްކޮށްފައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެޕާޓްމަންޓުގެ ބެލްކަނީގައި ބަހައްޓާފައި ހުރި ލަކުޑި ތަކެއްގައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި