ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ސަރުކާރުގެ ވައިގެ ސިފައިން، އީރާނުގެ މަދަދާއެކު ހަރަކާތްތެރިވާ ހޫޘީ ޖަމާޢަތުގެ މިސައިލާއި ޑްރޯން ފޮނުވާ ސައިޓްތަކަށާއި މުދާ ގުދަންތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.
A series of precision airstrikes targeted military positions, reinforcement columns, and weapons storage facilities belonging to the Houthi movement on Saturday, according to official Yemeni state television.
Read more: https://t.co/FTmybYJfnP pic.twitter.com/Ff9OBMKk21
— Roya News English (@RoyaNewsEnglish) July 25, 2026
ޔަމަނުގެ އަސްކަރީ އޮފިޝަލުން ކަށަވަރުކޮށްދޭ ގޮތުގައި، ޙަމަލާތައް އަމާޒުކޮށްފައިވަނީ މާރިބް ޕްރޮވިންސްގެ (އަލް-ޖޫބާ އަދި މަޖްޒަރު) އަދި އަލް-ޖައުފް ޕްރޮވިންސްގެ (އަލް-ޞަފްރާ) ސަރަހައްދުގައި ހުރި ހޫޘީންގެ އަސްކަރީ ސައިޓްތަކަށެވެ.
މި ޙަމަލާތަކުގައި ހޫޘީންގެ މިސައިލް ފޮނުވާ ޕްލެޓްފޯމްތަކާއި، ކަޓްޔޫޝާ ރޮކެޓް ސައިޓްތަކުގެ އިތުރުން ބޮޑެތި ހަތިޔާރު ގުދަންތަކެއް ވަނީ ގޮއްވާލާފައެވެ. އަދި ހޫތީންގެ މިސައިލް ޓެކްނީޝަނުން ހިމެނޭހެން ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއީ ވޭތުވެދިޔަ ހަތަރު އަހަރުގެ ހަމަހިމޭންކަމަށްފަހު، ޔަމަނު ސަރުކާރުގެ އަސްކަރިއްޔާއިން ހޫޘިންނާ ދެކޮޅަށް އިސްވެ ދޭންފެށި އެންމެ ވަރުގަދަ ވައިގެ ހަމަލާތަކެވެ. މި ހަމަލާތަކާއެކު ޔަމަނުގެ އުތުރުގެ މައިދާންތަކުގައި ހަނގުރާމަ އަލުން ފުޅާވެގެންދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.













