އިންޑިޔާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވުމާ ގުޅިގެން، ދަރިވަރުންގެ ’ކޮކްރޯޗް ޖަންތާ ޕާޓީ‘ (ސީޖޭޕީ) އިން ކުރިއަށްގެންދިޔަ މުޒާހަރާތައް އެއްކޮށް ނިންމާލިކަން ޢިއުލާނުކޮށްފިއެވެ.
Cockroach Janta Party withdraws its nationwide agitation with immediate effect
All demands of the Cockroach Janta Party have been accepted by the government:
1. Maximum possible compensation for families of NEET paper leak-related suicides
2. All FIRs by Central govt and…
— Cockroach is Back (@Cockroachisback) July 25, 2026
ސަރުކާރުގެ އެއްބަސްވުމާއި ބަދަލު ދިނުން
ސަރުކާރާއެކު ބޭއްވުނު މަޝްވަރާތަކުގައި، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން އުފުލާފައިވާ ހުރިހާ ޖިނާޢީ ދަޢުވާތަކާއި މައްސަލަތައް އަނބުރާ ނެގުމަށް ސަރުކާރުން ވަނީ އެއްބަސްވެފައެވެ.
އިމްތިޙާނުތަކުގެ ޕޭޕަރު ލީކުވުމުގެ ސަބަބުން އަމިއްލައަށް މަރުވި ދަރިވަރުންގެ ޢާއިލާތަކަށް އެންމެ މަތީ މިންވަރުގެ މާލީ އެހީ/ބަދަލު ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މި ޝަރުޠުތައް ސަރުކާރުން ޤަބޫލުކުރުމާ ގުޅިގެން، ވެރިރަށް ދިއްލީގެ ޖަންތަރު މަންތަރުގައި ދަރިވަރުން ޖަހާފައިވާ ކޭމްޕްތައް ނަގައި، މުޒާހަރާތައް ވަނީ ނިންމާލާފައެވެ.
މިއީ ވޭތުވެދިޔަ އެތައް އަހަރުތަކެއްގެ ތެރޭގައި އިންޑިޔާގެ ޒުވާނުން ސަރުކާރާ ދެކޮޅަށް ކުރި އިހުތިޖާޖުތަކުން ހޯދި އެންމެ ބޮޑު އެއް ސިޔާސީ ކާމިޔާބީއެވެ.












