Sunday, 26 July 2026
Ads by

ރާޅުގަނޑު ސަރަޙައްދުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ސާފިންގ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް!

ރާޅުގަނޑު ސަރަޙައްދުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ސާފިންގ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް!

މާލޭގެ ރާޅުގަނޑު ސަރަޙައްދުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ސާފިންގ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް ސަރުކާރުން ބާރުމިނުގައި ކުރިއަށްގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ”ދަ ޕަލްސް“ ޕްރޮގްރާމްގެ 5 ވަނަ އެޕިސޯޑުގައި ”އެކި އެމްވީ“ އަށް ދެއްވި އިންޓަވިއުގައެވެ.

Ad Image
Ads by

މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާޅުގަނޑު ސަރަޙައްދުގައި ތަރައްޤީކުރާ މި ސްޓޭޑިއަމަކީ ރާއްޖޭގެ ރާޅާ އެޅުންތެރިންނަށް ބައިނަލްއަޤުވާމީ މުބާރާތްތަކަށް ތައްޔާރުވުމަށާއި، ރާއްޖޭގައި ބޮޑެތި މުބާރާތްތައް ބޭއްވުމަށް މަގުފަހިވެގެންދާނެ ފެންވަރު ރަނގަޅު ވަސީލަތަކަށް ވެގެންދާނެ ކަމަށެވެ.

”ރާޅުގަނޑު ސަރަޙައްދުގައި އިންޓަނޭޝަނަލް ފެންވަރުގެ ސާފިންގ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް އެދަނީ ކުރެވެމުން..  ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި މިހާތަނަށް ގާއިމުކުރެވިފައި ނެތް އިންޑޯ ބޯލިންގ އެރީނާއެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. މި އެރީނާ ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1 ގައެވެ. މި މަޝްރޫޢަށް ބޭނުންވާ ބިން މިހާރު ވަނީ ހަވާލުކުރެވިފައި ކަމަށާއި، ކޮންޓްރެކްޓަރަށް ބޭނުންވާ ފައިސާވެސް މިހާރު ދޫކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޒުވާނުންނަށް ހުރި އެކިކަހަލަ ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވުމުގެ ފުރުޞަތުތައް އިތުރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ގިނަ މަޝްރޫޢުތަކެއް ރޭވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން، ޒުވާނުންގެ ހުނަރުތައް ކުރިއަރުވައި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ބޭނުންވާ ޒަމާނީ ވަސީލަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_0043
ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނޯންނާނެ އެކަން ކުރާ މީހުންނަށް އަދަބު ދިނުމުގައި ސަރުކާރު އޮތީ އިސްވެ: ރައީސް
raalh
ރާޅުގަނޑު ސަރަޙައްދުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ސާފިންގ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް!
madam minivan
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ތަހުނިޔާ ފޮނުއްވައިފި
th project
ތ. އަތޮޅުގައި 175 މިލިޔަން ޑޮލަރުގެ ބިޔަ ޓައުންޝިޕް މަޝްރޫއެއް ފަށަނީ
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި