Monday, 27 July 2026
Ads by

ބުލީކުރުމާ ދެކޮޅަށް ހަރުދަނާ ޤާނޫނެއް އެކުލަވާލަނީ

ބުލީކުރުމާ ދެކޮޅަށް ހަރުދަނާ ޤާނޫނެއް އެކުލަވާލަނީ

ދިވެހި މުޖުތަމައުގައި ބުލީކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ، އެކަން ހުއްޓުވުމަށްޓަކައި ހަރުދަނާ ޤާނޫނީ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ”އެންޓި-ބުލީން“ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ”ޕަލްސް ޕޮޑްކާސްޓް“ ސީރީޒްގެ 5 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ބުލީކުރުމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ދަނީ ކުރަމުންނެވެ. މި ޤާނޫނު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދަނީ މި ދާއިރާގެ ފަންނީ މީހުންނާއި ސްޓޭކް ހޯލްޑަރުންގެ ފުޅާ މަޝްވަރާގެ މަތިންކަން ރައީސް ފާހަގަކުރެއްވިއެވެ.

ބުލީގެ މައްސަލަތައް ހައްލުކުރުމަށް މުޅި މުޖުތަމައުގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވައި ރައީސް މުޢިއްޒު ވިދާޅުވީ، ވަށާޖެހޭ ޞިއްޙީ ދުޅަހެޔޮކަން ޤާއިމްކޮށް، ނަފްސާނީ ގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭ ކަމަށެވެ. މިގޮތުން، ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިނަކީ އާންމުންނަށް އިތުބާރު ކުރެވޭ ފަދަ ނިޒާމަކަށް ހެދުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާގެ އިންތިޒާމުތައް އާސަންދަ މެދުވެރިކޮށް ހަމަޖެހިފައި އޮތުމަކީ މިފަދަ ހާލަތްތައް ތަހައްމަލު ކުރާ ފަރާތްތަކަށް ލިބުނު ބޮޑު ލުޔެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. ސަރުކާރުން މިހާރު ދަނީ ހޮސްޕިޓަލުތަކުން ލިބޭ ނަފްސާނީ ފަރުވާގެ ޚިދުމަތްތައް ފުޅާކުރުމަށާއި، އައު މެންޓަލް ހެލްތު ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އަލަށް އެކުލަވާލާ އެންޓި-ބުލީން ޤާނޫނުގެ ދަށުން، ބުލީކުރުމާ ގުޅޭ މަޢުލޫމާތުތައް ޚާއްޞަ ނިޒާމެއްގެ ތެރެއިން ސެންޓްރަލް އެޖެންސީއަކަށް ރިޕޯޓްކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި ސްކޫލުތަކުގެ ރަސްމީ މަންހަޖުގައި ބުލީއާ ގުޅޭ ތަފްސީލީ މަޢުލޫމާތު ހިމެނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

މި ޤާނޫނު އެކުލަވާލުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ހާމަކުރެއްވީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި މަސައްކަތްތަކުގެ ނަތީޖާ ރަނގަޅުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_20260727_100608_767
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
20260727_064622
ސޫރިޔާގެ ދައިރުއްޒޫރުން ދިމަޝްޤަށް ދަތުރުކުރާ މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 35 މީހުން މަރުވެއްޖެ
udha vnews
ކ. އަތޮޅުން ފެށިގެން އައްޑު އަތޮޅަށް އުދައަރާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
psm udha photo
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shoppingmall
ރާއްޖޭގައި ބޮޑު ޝޮޕިންގ މޯލެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shoppingmall
ރާއްޖޭގައި ބޮޑު ޝޮޕިންގ މޯލެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި