Wednesday, 9 September 2026
Ads by

މިނިވަން ދުވަހުގެ އުފާ ފާޅުކުރުމަށް ”ސައްބީސް ކާނިވަލް“ ހުޅުމާލޭގައި ފަށައިފި

މިނިވަން ދުވަހުގެ އުފާ ފާޅުކުރުމަށް ”ސައްބީސް ކާނިވަލް“ ހުޅުމާލޭގައި ފަށައިފި

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ”ސައްބީސް ކާނިވަލް“ ގެ ނަމުގައި ޚާއްސަ ހަރަކާތްތަކެއް ހުޅުމާލޭގައި ފަށައިފިއެވެ.

Ad Image
Ads by

އޮފިޝަން އިވެންޓްސް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ބާއްވާ މި ކާނިވަލް ކުރިއަށްދަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ޖުލައި 24 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކާނިވަލް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން ރޭގަނޑު 11:00 އަށެވެ.

8 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކާނިވަލަކީ ކުދިބޮޑު ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ކާނިވަލެކެވެ. ކާނިވަލްގެ ތެރޭގައި ތަފާތު ގޭމްތަކާއި، ޑިޖިޓަލް ގޭމިންގ އެރީނާ، ކުޑަކުދިންނަށް ޚާއްސަ އޭރިއާ އަދި އިންފްލޭޓަބަލްސްގެ އިތުރުން ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ ފުޑް ކިއޮސްކުތައް ވަނީ ގާއިމުކޮށްފައެވެ.

ކާނިވަލްގެ ފުރަތަމަ ދުވަހު ޒިޔާރަތްކުރި ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވަނީ މި އިވެންޓުގައި ހިމެނޭ ”ހޮރޯ ހައުސް“ ނުވަތަ ބިރުވެރި ހޮހަޅައަށެވެ. ކާނިވަލަށް ޒިޔާރަތްކުރި ގިނަ ކުދިން ބުނި ގޮތުގައި އެންމެ މަޖާވެފައި ބިރުވެރި ތަޖުރިބާއެއް ކުރެވުނީ ހޮރޯ ހައުސްގެ ތެރެއިންނެވެ.

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި މި ކާނިވަލް ބޭއްވުމުގެ މައިގަނޑު މަޤުސަދަކީ މިނިވަން ދުވަހުގެ އުފާވެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމާއެކު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމެވެ. އަދި އާއިލާތަކާއެކު ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމަކީވެސް މި ހަރަކާތުގެ ބޭނުމެކެވެ.

އެޗްޑީސީން ބުނީ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ގައުމީ މިފަދަ މުނާސަބަތުތަކާ ގުޅުވައިގެން ރައްޔިތުންނަށް ބައިވެރިވެވޭނެ ތަފާތު ހަރަކާތްތައް ހުޅުމާލޭގައި ކުރިއަށް ގެންދިއުން ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި