Wednesday, 9 September 2026
Ads by

ބޮޑުތަކުރުފާނު މަގު ތަރައްގީކޮށް ހުޅުވައިލުން: މިއީ މާލޭގެ ޓްރެފިކަށް ލިބޭނެ ބޮޑު ލުޔެއް – ނައިބު ރައީސް

ބޮޑުތަކުރުފާނު މަގު ތަރައްގީކޮށް ހުޅުވައިލުން: މިއީ މާލޭގެ ޓްރެފިކަށް ލިބޭނެ ބޮޑު ލުޔެއް – ނައިބު ރައީސް

މާލޭ ސިޓީގެ ބޮޑުތަކުރުފާނު މަގަށް ގެނެވުނު ތަރައްގީއަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި މާލެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އިތުރުން، މާލޭގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ބޮޑުތަކުރުފާނު މަގުގެ އާބާތުރަ ފިލުވައި، ތާރު އަޅައިގެން ތަރައްގީކުރުމުގެ މަޝްރޫއު ނިންމައި މަގު ހުޅުވައިލުމާ ގުޅިގެން ނައިބު ރައީސް ވިދާޅުވީ، މިއީ މާލޭ ސިޓީގެ މަގުތަކަށް ތާރީޚީ ބަދަލެއް ގެނުވި މުހިއްމު މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައްޔިތުން ބޭނުންވާ ފަދަ މުހިއްމު ތަރައްގީގެ މަޝްރޫއުތަކާއެކު ގައުމު ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމާއި އަހައްމިއްޔަތުކަމަށްޓަކައި ނައިބު ރައީސް ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

”އިގުތިޞާދީ ގޮތުން ގޮންޖެހުންތަކެއް ހުރި ނަމަވެސް، ސަރުކާރުން ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ކުރަމުންދާ މިފަދަ މަސައްކަތްތަކަކީ މި ސަރުކާރުން ކުރަމުންދަނީ ހެޔޮވެރިކަމެއްކަމުގެ އަލިގަދަ ހެއްކެއް،“ ނައިބު ރައީސް ވިދާޅުވިއެވެ.

މާލޭގެ އެންމެ ބާރުބޮޑު އެއް މަގު ކަމަށްވާ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވައިލުމަކީ، މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫއުގެ މުހިއްމު ބައެކެވެ. މީގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށާއި އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަދި އޮމާން ދަތުރުފަތުރެއްގެ މާހައުލެއް ގާއިމުވެގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި