Wednesday, 9 September 2026
Ads by

ރާއްޖޭގެ 25 ރަށެއްގައި އާ ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރަނީ

ރާއްޖޭގެ 25 ރަށެއްގައި އާ ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރަނީ

ރާއްޖޭގެ އާބާދީ ބޮޑު 25 ރަށެއްގައި މާލޭގެ ސޯޝަލް ސެންޓަރުގެ ކޮންސެޕްޓަށް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކޮށް، އަންނަ އަހަރުގެ ފަހުކޮޅު އެތަންތަން ހުޅުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ad Image
Ads by

ޕަލްސް ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ ސޯޝަލް ސެންޓަރަކީ ގިނަ އަދަދެއްގެ ޒުވާނުން ބޭނުންކުރާ، ކުޅިވަރުގެ އެކި މުބާރާތްތަކާއި ޖަލްސާތައް ބޭއްވުމަށް މުހިންމު ދައުރެއް އަދާކުރާ ތަނެއް ކަމަށެވެ. މިފަދަ މަރުކަޒުތައް ހަމައެކަނި މާލޭގައި ހުރުމުގެ ބަދަލުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް އެ ކޮންސެޕްޓްގެ ތަންތަން ހުންނަންޖެހޭ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވައެވެ.

މިހާރު ވެސް ރާއްޖޭގެ 15 ރަށެއްގައި ސްޕޯޓްސް ކޮމްޕްލެކްސްތައް އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވި އެވެ. މި ތަންތަނަކީ އެއްފަހަރާ 1200 އެއްހާ މީހުންނަށް ކުޅިވަރު ބަލަން ތިބެވޭނެ ޖާގަ ހުންނަ، އަދި އެތެރޭގައި ކުޅެވޭ ހުރިހާ ބާވަތެއްގެ ކުޅިވަރުތައް ކުޅެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަންތަނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ރަށްތައް މި މަޝްރޫއުގެ ތެރޭގައި ހިމަނައި، މި ދައުރުގެ ތެރޭގައި 25 ރަށެއްގައި މި މަސައްކަތްތައް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

”އެހެންވީމަ މިހާރު ރާއްޖޭގެ ގާތްގަނޑަކަށް ފަނަރަވަރަކަށް ރަށުގައި އެދަނީ ސްޕޯޓްސް ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް. މިހާރު ޙަވާލުކުރެވިފަ ޢަމަލީ މަސައްކަތުގެ މަރުޙަލާގައި، މި ތަންތަން ހެދުމުގެ މަސައްކަތް ދަނީ. މި ތަންތަނުގައި ގިނަވެގެން 1200 އެއްހާ މީހުންނަށް އެއްފަހަރާ، ކުޅިވަރު ބަލަން ތިބެވޭ ސީޓިންގ ސްޕެކްޓޭޓަރ ކެޕޭސިޓީގައި ޤާއިމުކުރެވި، އެތެރޭގައި ކުޅެވޭ ހުރިހާ ޒާތެއް، ކުޅިވަރުތައް ކުޅެވޭ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކެއް މި އަޅަނީ.

މި މަޝްރޫއުގެ ދަށުން ހުޅުމާލެއާއި ވިލިމާލޭގައި ވެސް މިފަދަ މަރުކަޒުތައް ގާއިމުކުރާނެ އެވެ. މިފަދަ މަރުކަޒުތަކުގެ ސަބަބުން ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިވެ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާ މާހައުލު ރަށްރަށުގައި ގާއިމުވެގެންދާނެ އެވެ.

ކުޅިވަރު މަރުކަޒުތަކުގެ އިތުރުން ރަށްރަށުގައި އައުޓްޑޯ ޖިމްތައް ގާއިމުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ހަލުވިކަމާއެކު ކުރިއަށް ގެންދެ އެވެ. މި އަހަރު ނިމޭއިރު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތައް ގާއިމުކޮށް ނިންމާލެވޭނެ ކަމަށް ރައީސް ޔަގީންކަން ދެއްވި އެވެ. މި ހުރިހާ މަސައްކަތްތަކަކީ ވެސް ރައްޔިތުންގެ ދުޅަހެޔޮކަމާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން އިސްކަންދޭ މުހިންމު ސިޔާސަތުތަކެއްގެ ބައެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި