Sunday, 26 July 2026
Ads by

އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި

އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި

ވާއަތުން ކަނާއަތައް: އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕު، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގ (ފޮޓޯ ކޮލާޖު)

އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ވަރުގަދަ ހަނގުރާމައިގެ ތެރެއަށް ރަޝިޔާއާއި ޗައިނާއިން ވަދެ، އީރާނަށް ހަތިޔާރާއި ސެޓެލައިޓް މައުލޫމާތު ދިނުމާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރުގަދަ އިންޒާރެއް ދީފިއެވެ.

Ad Image
Ads by

ރައީސް ޓްރަމްޕް ބުނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި ރަޝިޔާގެ ރައީސް ވލަޑިމިއަރ ޕޫޓިން އީރާނަށް ހަތިޔާރު ނުވިއްކާނެ ކަމުގެ ޔަޤީންކަން އެމެރިކާއަށް ދީފައިވާކަމަށެވެ. ނަމަވެސް، އެއްވެސް ޤައުމަކުން އީރާނަށް ހަތިޔާރާއި، ސެޓެލައިޓް މެދުވެރިކޮށް ޙަމަލާދޭނެ ސައިޓްތަކުގެ މަޢުލޫމާތު (ޓާގެޓިންގ ޓެލެމެޓްރީ) ފޯރުކޮށްދީފިނަމަ، އެއީ އެމެރިކާއާ ދެކޮޅަށް ކުރެވޭ އަމަލެއްގެ ގޮތުގައި ބެލެވޭނެ ކަމަށާއި، ”އެއީ އެޤައުމުތަކަށް ވަރަށް ނިކަމެތި ނަތީޖާއެއް ކުރިމަތިވާނެ ކަމެއް“ ކަމަށް ޓްރަމްޕް ބުންޏެވެ.

އެމެރިކާއިން އެންމެ ބޮޑަށް ކަންބޮޑުވަނީ ރަޝިޔާއާއި ޗައިނާގެ ސެޓެލައިޓް ނެޓްވޯކްތައް ބޭނުންކޮށްގެން އީރާނުން އެމެރިކާގެ އަސްކަރީ ބޭސްތަކަށް ޙަމަލާދީފާނެތީއެވެ. އެހެން ޤައުމުތަކުން އީރާނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން މަނާކުރަމުން އެމެރިކާއިން އިންޒާރުދޭއިރު، އެމެރިކާއިން ދަނީ ރަޝިޔާއާއި ޗައިނާއާ ދެކޮޅަށް ޔޫކްރެއިނާއި ޓައިވާނަށް ބިލިއަނުން ޑޮލަރުގެ ހަތިޔާރާއި ސެޓެލައިޓް އިންޓެލިޖެންސް ފޯރުކޮށްދެމުންނެވެ. ރަޝިޔާއާއި ޗައިނާއިން ސިފަކުރާ ގޮތުގައި މިއީ އެމެރިކާގެ އަމިއްލަ އެދުމުން ފުރިގެންވާ ދެފުށްދެގޮތް މުނާފިޤު ސިޔާސަތެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
fhtfw
ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރައްވައިފި
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި