Sunday, 26 July 2026
Ads by

ފުލެޓު ލިބޭ މީހުންގެ ލިސްޓަށް އުނިއިތުރެއް ނުގެނެސް ފުލެޓުތައް ހަވާލުކުރަން މަޖިލީހުން ފާސްކޮށްފި

ފުލެޓު ލިބޭ މީހުންގެ ލިސްޓަށް އުނިއިތުރެއް ނުގެނެސް ފުލެޓުތައް ހަވާލުކުރަން މަޖިލީހުން ފާސްކޮށްފި

މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުން ކަމަށް ކަނޑައެޅި ފަރާތްތަކުގެ ލިސްޓަށް އުނި އިތުރެއް ނުގެނެސް، އެ ލިސްޓާ އެއްގޮތަށް ފްލެޓްތައް ހަވާލުކުރުމަށް ސަރުކާރަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

Ad Image
Ads by

މި މައްސަލަ އެގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ 29 މެންބަރުންގެ ޣައުލަބިއްޔަތުންނެވެ. އެ މައްސަލައާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.

މިގޮތަށް ފާސްކުރީ ފްލެޓްތަކާއި ގުޅިގެން އާންމު ފަރާތްތަކުން ހުށަހެޅި މައްސަލަ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް، ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުންނެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވަ ގޮތުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވާ ފުލެޓުތައް ހަވާލުކުރުން ވަނީ ލަސްވެފައެވެ. އަދި ފުލެޓުތައް ހަވާލުކުރުން ލަސްވުމާ ގުޅިގެން އާންމުން ކަންބޮޑުވާކަމާއި، ފުލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު އާއްމުކޮށްފައި އޮތުމުން އެ ފަރާތްތަކުގެ ކަންބޮޑުވުން އޮތް ކަމަށާއި ސަރުކާރުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް އެ ފުލެޓު ދިނުމަށް ވައުދުވެފައިވާ ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މަޖިލީހުން މިފަދަ މައްސަލައެއް ފާސްކޮށް، ސަރުކާރަށް އަންގާފައިވަނީ މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓްތައް ހަވާލުކުރި ފަރާތްތަކުގެ ލިސްޓުގައި ކޮރަޕްޝަނުގެ ޢަމަލުތައް ހުރި ކަމަށް ތުހުމަތުކޮށް، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައި އެ ލިސްޓުތައް މުރަޖަޢާ ކުރަން ފެށުމާ ގުޅިގެންނެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވަނީ ފްލެޓް ލިބޭ މީހުންގެ ޝަރުތުތައް ކަނޑައެޅީ ކުރީ ސަރުކާރުން ކަމަށާއި ނަމަވެސް ފްލެޓް ލިސްޓް އެކުލަވާލާފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
fhtfw
ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރައްވައިފި
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި