Wednesday, 9 September 2026
Ads by

މަސްއޫލިއްޔަތު އަދާކުރުމުގައި ޒިންމާދާރުވުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ

މަސްއޫލިއްޔަތު އަދާކުރުމުގައި ޒިންމާދާރުވުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފަކު ފަސިންޖަރުންގެ ޚިދުމަތުގައި.. ފޮޓޯ| އެމްއޭސީއެލް

މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓުމަކީ ކޮންމެ މުސްލިމެއްގެ ދީނީ އަދި ޤައުމީ ވާޖިބެއްކަމަށާއި، މަސްއޫލިއްޔަތު އަދާކުރުމުގައި ޒިންމާދާރުވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

Ad Image
Ads by

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ބިނާކޮށްފައިވަނީ ”މަސްޢޫލިއްޔަތު އަދާ ކުރުމުގައި ޒިންމާދާރުވުން“ މި މައުޟޫޢުގެ މައްޗަށެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، މުޖުތަމަޢުގެ ކޮންމެ ފަރުދަކީވެސް ބެލެހެއްޓުންތެރިއެކެވެ. ރަސޫލުﷲ ﷺ ގެ ޙަދީޘްފުޅަކާ ޙަވާލާދީ ޚުޠުބާގައި ވިދާޅުވީ، ވެރިމީހާއާއި، ފިރިމީހާއާއި، އަނބިމީހާ އަދި ޚާދިމުންނަކީވެސް އެމީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ ކަންކަމާ މެދު ޤިޔާމަތް ދުވަހުން ސުވާލުވެވޭނެ ބައެއް ކަމަށެވެ. މީގެ އިތުރުން، އެކި ފެންވަރުގެ މަސްއޫލިއްޔަތުތަކާ ޙަވާލުވެތިބި މީހުން، އެމީހުންގެ ޢަހުދުތަކާއި ހުވާތަކަށް ޙުރުމަތްތެރިކޮށް ހިތުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

”އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީ، އެ މީހަކު މި ދުނިޔޭގައި ކުރި ކަންތައްތަކާ މެދު ސުވާލުކުރެވޭނޭ މީހެކެވެ. އޭނާގެ ޢަމަލުތަކާ މެދު މާތް ﷲ ގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނޭ މީހެކެވެ،“ ޚުޠުބާގައި ވިދާޅުވިއެވެ.

އިސްލާމީ މުޖުތަމަޢުގެ ތަރައްޤީއާއި އެއްބައިވަންތަކަން ބިނާވެގެންވަނީ ޢަދުލުއިންޞާފުގެ މައްޗަށްކަން ބަޔާންކުރައްވަމުން، ޢަދުލުއިންޞާފުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއްކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. މިގޮތުން، ކީރިތި ރަސޫލާ ﷺ ގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަމެއް ކުރެއްވި ކަމުގައި ވިޔަސް، އިސްލާމީ ޝަރީޢަތް ތަންފީޛު ކުރައްވާނެ ކަމަށް އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅުން މިސާލު ދެއްވިއެވެ.

މީގެ އިތުރުން، ވަޒީފާއާއި މަސްއޫލިއްޔަތަކީ އަމާނާތެއް ކަމަށާއި، ރައްޔިތުން ޙަވާލުކޮށްފައިވާ އެންމެހައި ކަންކަމުގައި ތެދުވެރިވެ، އިޚުލާޞްތެރިވުމަށް ޚުޠުބާގައި ނަޞޭޙަތްތެރިވިއެވެ. ފުރިހަމަ މުސްލިމަކީ އަމިއްލަ ފައިދާއަށްވުރެ މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަންދޭ މީހާ ކަމުގައިވެސް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.

ޚުޠުބާ ނިންމަވާލައްވަމުން، ޤައުމުގެ ވަޙުދަތު ދެމެހެއްޓުމަށްޓަކައި ދެކޮޅުވެރިކަމާއި އަރައިރުންތަކުން ދުރުހެލިވުމަށާއި، ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އަދި އަމާނާތްތަކަށް ޚިޔާނާތްތެރިނުވުމަށް އެންމެހައި ދިވެހި މުސްލިމުންނަށް އިލްތިމާސްކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި