Saturday, 26 September 2026
Ads by

ކަނޑުމަގުން އެތެރެކުރަން އުޅުނު 5.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސުން އަތުލައިގެންފި

ކަނޑުމަގުން އެތެރެކުރަން އުޅުނު 5.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސުން އަތުލައިގެންފި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

Ad Image
Ads by

ކަސްޓަމްސުން ހާމަކުރި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ އިއްޔެގެ ވަގުތެއްގައި މާލެ ކޮމާޝިއަލް ހާބަރުންނެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3,110 ގްރާމް (3.11 ކިލޯ) ހުރިއިރު، މި ތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތި ތަހުލީލުކުރިއިރު، އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ”ސިންތެޓިކް ކެތިނޯން“ އަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ކަސްޓަމްސުން މައުލޫމާތު ދެއްވައެވެ.

މި ފަހަކަށް އައިސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސުން ކުރަމުންދާ މަސައްކަތްތައް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން، މިދިޔަ ހޮނިހިރު ދުވަހު ވެސް އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއަރޕޯޓުން ވަނީ ވައިގެމަގުން އެތެރެކުރަން އުޅުނު 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައެވެ. އެ މައްސަލައިގައި އިންޑިއާއިން ރާއްޖެއަށް އައި ދެ ފަސިންޖަރަކު ވަނީ ހިފަހައްޓާފައެވެ.

ކަނޑުމަގުން މާލެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މި މަސްތުވާތަކެތީގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، އެ ތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-25T231058
މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް މާރާމާރީ ހިންގައި ފައިސާ ފޭރުނު ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި
download - 2026-09-25T205834
އދ. ގެ ނިޒާމަށް އިސްލާހު ގެނެސް، ވީޓޯގެ ބާރު އުވާލަން ނައިބު ރައީސް ގޮވާލައްވައިފި
20260925_191409
އެމެރިކާގެ ބިރުދެއްކުންތަކަށް ބޯނުލަނބާނަން. އެކަމަކު އިންޒާރު ދިނުން ހުއްޓާލައިފިނަމަ މަޝްވަރާގެ މޭޒަށް އެރުމަށް ތައްޔާރު: އީރާނު
maahidhaa
ސޯސަން މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އިމިގްރޭޝަން އޮފިސަރު މާހިދާ ނިޔާވެއްޖެ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
Nasheed 5652
ދަރަނި އަދާކުރުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފި
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ