Sunday, 26 July 2026
Ads by

ޕީއެސްއައިޕީ މަޝްރޫޢުތަކަށް 3.2 ބިލިޔަން ރުފިޔާ: ބޯހިޔާވަހިކަމުގެ ދާއިރާއަށް ކުރި ހޭދަ ބޮޑުތަނުން އިތުރު

ޕީއެސްއައިޕީ މަޝްރޫޢުތަކަށް 3.2 ބިލިޔަން ރުފިޔާ: ބޯހިޔާވަހިކަމުގެ ދާއިރާއަށް ކުރި ހޭދަ ބޮޑުތަނުން އިތުރު

ސަރުކާރުން ކުރިއަށްގެންދާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫޢުތަކަށް މިއަހަރުގެ މިހާތަނަށް 3.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

Ad Image
Ads by

މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ”ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް“ ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް 3.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 3.8 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 15.7 އިންސައްތައިގެ ދަށްވުމެކެވެ. މާލީ ވުޒާރާއިން ބުނިގޮތުގައި ޚަރަދުތައް ދަށްވެފައިވަނީ މަޝްރޫޢުތައް ހިންގުމުގެ ޚަރަދުތައް ހަރުދަނާކޮށް ބަލަހައްޓަމުން ގެންދާތީއެވެ.

ވަކިވަކި ދާއިރާތަކަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ބޯހިޔާވަހިކަމުގެ ދާއިރާއަށެވެ. މި ދާއިރާއަށް މިއަހަރު 480 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 215 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 123 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މި ޚަރަދުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަށެވެ.

މީގެ އިތުރުން ދަތުރުފަތުރުގެ ދާއިރާއަށްވެސް ބޮޑު ހޭދައެއް ކޮށްފައިވާކަން މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ދަތުރުފަތުރުގެ ވަސީލަތްތައް ޤާއިމްކުރުމަށް 997.6 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ އިތުރުން ދައުލަތުގެ އާންމު ޚިދުމަތްތަކަށް 576.9 މިލިޔަން ރުފިޔާ އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް 206.1 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މަޝްރޫޢުތައް ހިންގުމުގައި ފައިދާއާއި ބޭނުންތެރިކަމަށް ބަލާނެކަން ހާމަކޮށްފައެވެ. މިގޮތުން، އަލަށް ފަށާ މަޝްރޫޢުތަކުގެ ފަންނީ ދިރާސާތައް ހެދުމަށް ”ޕްރޮޖެކްޓް ޕްރިޕަރޭޓަރީ ފަންޑެއް“ ޤާއިމްކޮށް، އެކަމަށް ބަޖެޓުގައި ވަނީ ފައިސާ ހިމަނާފައެވެ. މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ޖުމްލަ 8.3 ބިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި