Sunday, 26 July 2026
Ads by

”މިއަދު ޢަޤްޞާގެ މައްޗަށް އޮތީ ޔަހޫދީންގެ ބާރު“: އެތައްހާސް ހަރުކަށި ޔަހޫދީން ޙަރަމްފުޅުގެ ތެރެއަށް ވަދެގަނެ އަޤްޞާގެ ހުރުމާތްކަނޑާލައިފި

”މިއަދު ޢަޤްޞާގެ މައްޗަށް އޮތީ ޔަހޫދީންގެ ބާރު“: އެތައްހާސް ހަރުކަށި ޔަހޫދީން ޙަރަމްފުޅުގެ ތެރެއަށް ވަދެގަނެ އަޤްޞާގެ ހުރުމާތްކަނޑާލައިފި

ޔަހޫދީ ހަރުކަށި ފިކުރު މިނިސްޓަރު ބެން-ގްވީރު އިސްވެ ހުރެ 3,000 އަށްވުރެ ގިނަ ހައްދުފަހަނައެޅި ޔަހޫދީން އަލް-އަޤްޞާ މިސްކިތުގެ ތެރެއަށް ވަދެގަނެ، ޔަހޫދީ އަޅުކަންތައް ކޮށް، މުސްލިމުންގެ މުޤައްދަސް ބިމުގެ ހުރުމަތް ކަނޑާލައިފި (ފޮޓޯ ކޮލާޖު)

ޣައިރު ޤާނޫނީ ޔަހޫދީ ދައުލަތް، އިޒްރޭލުން އިސްތިއުމާރުކޮށްފައިވާ އިރުމަތީ ޤުދުސްގައިވާ އަލް-އަޤްޞާ މިސްކިތުގެ ޙުރުމަތް ކަނޑާލައި، 3,000 އަށްވުރެ ގިނަ ފޭރިގަނެފައިވާ އިޒްރޭލުގެ ބިންތަކުގައި ދިރިއުޅެމުންދާ ޣައިރު ޤާނޫނީ ވަޒަންވެރި ހަރުކަށި ފިކުރުގެ ޔަހޫދީން އެ މިސްކިތުގެ ގޯތިތެރެއަށް ވަދެގަނެފިއެވެ.

Ad Image
Ads by

އިޒްރޭލުގެ އަނިޔާވެރި ފުލުހުންގެ ފުރިހަމަ ރައްކާތެރިކަމާއެކު ހިންގި މި ޢުދުވާނީ ޖަރީމާގެ މޭސްތިރިންގެ ގޮތުގައި ބައިވެރިވީ ޔަހޫދީ ހަރުކަށި ފިކުރު ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު އާއި އިޒްރޭލުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނެވެ. ހަރަމްފުޅުގެ ތެރޭގައި ހުރެ ބެން-ގްވީރު ބުނެފައިވަނީ ”މިއަދު ޔަހޫދީންނަށް އަލް-އަޤްޞާ ތެރޭގައި އަޅުކަން ކުރެވެނީ އެތަނުގެ ވެރިންގެ ގޮތުގައި އިޙްސާސް ކުރެވިގެން“ ކަމަށެވެ.

މީގެ އިތުރުން ހައްދުފަހަނައެޅި ޔަހޫދީންތައް ވަނީ އަލް-އަޤްޞާ މިސްކިތުގެ ގޯތިތެރޭގައި ތަލްމޫދީ އަޅުކަންތައް ކުރިއަށްގެންގޮސް، ސީދާ ބިމަށް ތިރިވެ އަޅުކަންކޮށް، އިސްރާއީލުގެ ދިދަ ނަގައި ޤައުމީ ސަލާމް ކިޔާފައެވެ.

އިޒްރޭލުގެ ނިރުބަވެރި ފުލުހުން ވަނީ ޤުދުސްގެ ބޯޑަރުތައް ބަންދުކޮށް، ފަލަސްޠީނުގެ މުސްލިމުން އަލް-އަޤްޞާ މިސްކިތަށް ވަނުން ހުއްޓުވައި، އަޅުކަންކުރަން އައި ބައެއް މީހުންނަށް އަނިޔާކޮށްފައެވެ. އަދި މި ޙާދިސާގެ ކުރީ ރޭ، ހައްދުފަހަނައަޅާފައިވާ ޔަހޫދީން ވަނީ ޤުދުސްގެ ގާތުގައިވާ މުސްލިމުންގެ ޤަބުރުސްތާނަކަށް ގެއްލުންދީ، ފަލަސްޠީނު މީހުންނަށް ހަމަލާދީފައެވެ.

އާދައިގެ މަތީން ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއާއި ޢަރަބި ލީގުން ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އިޒްރޭލުން ހިންގާފައިވަނީ ނުރައްކާތެރި ޖަރީމާއެއް ކަމަށް ބުނެ އެކަން އެންމެ ހަރުކަށި ބަހުން ކުށްވެރިކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި