Sunday, 26 July 2026
Ads by

ޕީއެންސީގެ އެތެރޭގެ އިންތިޚާބަށްފަހު ސްޓިއަރިން ކޮމެޓީތައް އެކުލަވާލައި، މަތީ މަޖިލީހަށް ތައްޔާރުވަނީ

ޕީއެންސީގެ އެތެރޭގެ އިންތިޚާބަށްފަހު ސްޓިއަރިން ކޮމެޓީތައް އެކުލަވާލައި، މަތީ މަޖިލީހަށް ތައްޔާރުވަނީ

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އެތެރޭގެ ބޮޑު އިންތިޚާބަށްފަހު، އެ ޕާޓީގެ ސްޓިއަރިން ކޮމެޓީތައް އަލުން އެކުލަވާލައި ރަސްމީކޮށް އިޢުލާންކޮށްފިއެވެ. ރާއްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި އޮތް ޕީއެންސީން މިހާރު ތައްޔާރުވަމުންދަނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ މަތީ މަޖިލީހަށެވެ.

Ad Image
Ads by

2,500 އަށް ވުރެ ގިނަ މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރި މި ފޯރިގަދަ އިންތިޚާބަކީ ޕާޓީގެ ކުރިމަގަށް އެޅުނު ވަރަށް ހެޔޮ ފާލެއްގެ ގޮތުގައި ޕީއެންސީން ސިފަކުރެއެވެ. މާލެއާއެކު ރާއްޖޭގެ 119 ރަށެއްގައި ބޭއްވި މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 85 އިންސައްތަ މީހުން ވޯޓުލާފައިވާކަން އެ ޕާޓީން ފާހަގަކުރެއެވެ.

ޕީއެންސީގެ އެތެރޭގެ އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އެ ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، މި އިންތިޚާބުން ފެނިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށް ރައްޔިތުންގެ މެދުގައި އޮތް ބޮޑު ތާއީދާއި އިތުބާރު ކަމަށެވެ. ޚާއްޞަކޮށް 2,000 އަށްވުރެ ގިނަ މެންބަރުން މަޤާމުތަކަށް ވާދަކުރުމަކީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޕީއެންސީން ބުނާ ގޮތުގައި، މި އިންތިޚާބުގައި ގިނަ އަދަދެއްގެ ޒުވާނުން އިންތިޚާބީ މަޤާމުތަކަށް ހޮވިފައިވުމަކީ ޕާޓީގެ ހިންގުމަށް ލިބުނު އާ ހިތްވަރެކެވެ. މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕާޓީގެ ޓީމުތައް ރާވާލުމުގެ ފެށުން ކަމަށް ވެސް އެޕާޓީން ޤަބޫލުކުރެއެވެ.

މިހާރު ޕީއެންސީން އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތަކީ އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބޭއްވުމަށް ތައްޔާރުވަމުންދާ ”މަތީ މަޖިލިސް“ ބޭއްވުމުގެ އިދާރީ އިންތިޒާމްތަކެވެ. އަލަށް އިންތިޚާބުވި ދާއިރާތަކުގެ ރައީސުންނާއި މެންބަރުންނާއެކު ބާއްވާ މި މަޖިލީހުގައި، ޕާޓީގެ ކުރިމަގާ ގުޅޭ މުހިންމު ނިންމުންތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެންސީ އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފެށުނުއިރު އެ ޕާޓީގެ ދަފްތަރުގައި 74,048 މެންބަރުން ތިއްބެވެ.

އެޕާޓީގެ އަމާޒަކީ މިހާރު އެކުލަވާލެވުނު އާ އޮނިގަނޑާއެކު، ސަރުކާރުގެ ސިޔާސަތުތައް ތަންފީޛުކުރުމުގައާއި ސިޔާސީ މައިދާނުގައި ޕާޓީ އިތުރަށް ވަރުގަދަކުރުން ކަމަށް ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި