Wednesday, 9 September 2026
Ads by

އަޒީޒާ މިސްކިތަށް ދެވަނަ ފަހަރަށް ގެއްލުންދިނުމުން އެމީހާ މުޖުތަމައުން އެކަހެރިކޮށްފި

އަޒީޒާ މިސްކިތަށް ދެވަނަ ފަހަރަށް ގެއްލުންދިނުމުން އެމީހާ މުޖުތަމައުން އެކަހެރިކޮށްފި

ހުޅުމާލޭގައި ހުންނަ އަޒީޒާ މޫސާ މިސްކިތަށް ދެވަނަ ފަހަރަށް ގެއްލުންދިން މައްސަލައެއް ފެންމަތިވެ، އެކަމުގައި ތުހުމަތުކުރެވޭ މީހާ މުޖުތަމައުއިން އެކަހެރިކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

Ad Image
Ads by

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް މުޖުތަމައުން އެކަހެރިކޮށްފައިވަނީ ފުލުހުންނާއި ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ކުރެވުނު މަސައްކަތުންނެވެ. އަދި އެ މީހާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުން އިތުރަށް ބުނީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތަކީ 2026 ޖުލައި 22 ވަނަ ދުވަހުގެ ރޭވެސް ހަމަ އެ މިސްކިތަށް ގެއްލުން ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ކަމަށެވެ. މިއީ އެ މިސްކިތަށް މިފަދަ ގެއްލުމެއް ދިން ދެވަނަ ފަހަރެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ފުލުހުން ކަށަވަރުކޮށްދެއެވެ.

މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި، ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން މިހާރު ގެންދަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
އަފު
އަފު
1 މަސް ކުރިން

އަވަހަޢް ނަފްސާނީ ޑރ އަކަޢް ދައްކާ ދެން ނިދި ހަމަ ޖެހޭ ކަހަލަ ބޭހެއްދީ ނިންދަވާފަ އޮބްޒަވޭޝަންގަ ބާއްވާ ރަނގަޅު ވީމަ ދޫކޮއްލާ އޭރުން މިސްކިތުގެ ޙުރުމަތް ކެނޑިކަމަކަޢް ނުވާނެ

Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި