Sunday, 25 October 2026
Ads by

ސަރުކާރުގެ ތިން ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

ސަރުކާރުގެ ތިން ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އަދި މިފްކޯގެ ބޯޑަށް އާ މެމްބަރުންތަކެއް އައްޔަންކޮށްފިއެވެ.

Ad Image
Ads by

ދައުލަތުގެ ހިއްސާ އޮންނަ ތިން ކުންފުންޏެއްގެ ބޯޑަށް ޕީސީބީއިން އާ މެމްބަރުންތަކެއް އައްޔަންކޮށްފައިވާއިރު، އެ ކުންފުނިތަކަކީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއެވެ.

މިގޮތުން، މިފްކޯގެ ބޯޑު މެމްބަރު ކަމަށް ސ. ފޭދޫ، އާބާދީގެ، ފާތިމަތު އާޒިޔާ ފަތުހީ އައްޔަންކޮށްފައިވެއެވެ. އަދި އެމްއެފްއެމްސީގެ ބޯޑަށް ހއ. ތަކަންދޫ، ރަތްވިލާގެ، ހުސައިން އަބްދުލްވާހިދު އައްޔަންކުރިއިރު، ބީސީސީގެ ބޯޑު މެމްބަރުކަމަށް އައްޔަންކޮށްފައިވަނީ ސ. ހިތަދޫ، މީނާޒް، އީނާސް ނަސީރެވެ.

މި ބަދަލުތައް ގެނެސްފައި މިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. މިގޮތުން، މި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މީގެ ކުރިން ސަރުކާރުން ވަނީ އަންގާފައެވެ.

މި މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކުންފުނިތަކަށް އައު މުހުލަތެއް ދީފައިވާއިރު، މިއީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އަޅަމުންދާ މުހިންމު ފިޔަވަޅުތަކެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.

ދަރަނި ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ސަރުކާރު ކުންފުނިތަކުގައި ގާތްގަނޑަކަށް 42،000 މުވައްޒަފުން މަސައްކަތް ކުރެއެވެ. މިއީ ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ރާއްޖޭގެ ސިވިލް ސާވިސްގައި ތިބި 30،000 އަށްވުރެ ގިނަ މުވައްޒަފުންނާ އަޅާބަލާއިރު ބޮޑު އަދަދެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި