Sunday, 25 October 2026
Ads by

ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ފަތުރުވެރިކަމުގެ ޓެކުހުން!

ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ފަތުރުވެރިކަމުގެ ޓެކުހުން!

ދައުލަތަށް ލިބޭ އާމްދަނީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އިން ކަމަށް ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

Ad Image
Ads by

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ”ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް“ ރިޕޯޓުގައިވާ ގޮތުން، ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ދައުލަތަށް 6.7 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިއަހަރުގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުވުމަށް މަގުފަހިވި އެންމެ މުހިންމު އެއް ސަބަބު ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު 6.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރު ލިބުނު މިންވަރު ވަނީ 475 މިލިއަން ރުފިޔާ ނުވަތަ 7.7 އިންސައްތަ އިތުރުވެފައެވެ. ޓީ.ޖީ.އެސް.ޓީ އާއި އާންމު ޖީ.އެސް.ޓީ ހިމެނޭހެން މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސްގެ ޖުމްލަ އާމްދަނީ ވަނީ 9.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 9 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން އާންމު ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.7 ބިލިއަން ރުފިޔާއިން 3.0 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ދައުލަތަށް ލިބުނު ޖުމްލަ ޓެކްސް އާމްދަނީއަށް ބަލާއިރު، މިއަހަރުގެ ޖުލައި 16 އާ ހަމައަށް 17.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 15.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.3 އިންސައްތައިގެ ކުރިއެރުމެކެވެ. މިއާއެކު، ހިލޭ އެހީއާއެކު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 23 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މީގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން މިދިޔަ އަހަރު ލިބުނު 190.5 މިލިއަން ރުފިޔާގެ ބަދަލުގައި، މިއަހަރު ވަނީ 438.8 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ 130.3 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. ނަމަވެސް، ޓެކްސް ނޫން އާމްދަނީ ވަނީ 5.1 ބިލިއަން ރުފިޔާއިން 4.9 ބިލިއަން ރުފިޔާއަށް ކުޑަކޮށް ދަށްވެފައެވެ.

ސަރުކާރުގެ ޚަރަދުތަކަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ކައުންސިލްތަކަށް ދޫކުރި ގްރާންޓްގެ ޖުމްލަ މިހާތަނަށް 1.5 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފިސްކަލް ރިޕޯޓުން ހާމަވެއެވެ.

ކައުންސިލްތަކަށް ދޫކުރި ގްރާންޓްގެ ޖުމްލަ 1.5 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ހޭދަކުރެވުނު 1.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 200.5 މިލިއަން ރުފިޔާ ނުވަތަ%16 އިންސައްތައިގެ އިތުރުވުމެކެވެ. މި ފައިސާއަކީ ލާމަރުކަޒީ އުސޫލުން ޚިދުމަތް ދިނުމަށާއި ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ ހޭދައެކެވެ.

މި ރިޕޯޓުން ދައްކަގޮތުގައި ސަބްސިޑީއަށް ކުރި ހޭދަ ވަނީ 3.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ކުރީ އަހަރުގެ 1.7 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 1.4 ބިލިޔަން ރުފިޔާ ނުވަތަ %86.3 އިތުރުވުމެކެވެ. ކައުންސިލް ގްރާންޓާއި ސަބްސިޑީއަށް ކުރި ޖުމްލަ ހޭދަ 4.6 ބިލިއަން ރުފިޔާއަށް އަރާފައިވުމީ، ލާމަރުކަޒީ ނިޒާމަށާއި އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ސަރުކާރުން ދޭ އިސްކަން ހާމަކޮށްދޭ ކަމެކެވެ.

ޖުލައި 16 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ ޖުމްލަ ޚަރަދު 24.5 ބިލިޔަން ރުފިޔާގައި ހުރިއިރު، މިއީ 2025 ވަނަ އަހަރުގެ 20.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 4.2 ބިލިއަން ރުފިޔާ ނުވަތަ %21 އިތުރުވުމެކެވެ. މީގެ ތެރެއިން ސަބްސިޑީއަށް ކުރާ ޚަރަދުތަކާއި ޕޭ ހާމަނައިޒޭޝަން ގެ ސަބަބުން މުސާރައަށް ކުރާ ޚަރަދުތައް އިތުރުވެފައިވާތީ ހިނގަމުންދާ ޚަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗަރ %20.8 އިތުރުވެ 21.4 ބިލިޔަން ރުފިޔާއަށް އަރާފައިވެއެވެ. އަދި ކެޕިޓަލް ޚަރަދުތައް ވަނީ %22.1 އިތުރުވެ 3.2 ބިލިޔަން ރުފިޔާއަށް އަރާފައެވެ.

މި މުއްދަތުގެ ބަޖެޓް ޑެފިސިޓް ހުރީ 1.5 ބިލިޔަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި 817.3 މިލިޔަން ރުފިޔާގެ ސަރޕްލަސް އޮތް އޮތުމާ އަޅާބަލާއިރު ބޮޑު ބަދަލެކެވެ. ނަމަވެސް، ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދު ނުހިމަނައި ބަލާއިރު ޕްރައިމަރީ ބެލެންސް އަދިވެސް އޮތީ 1.2 ބިލިޔަން ރުފިޔާގެ ސަރޕްލަސްއެއްގަކަމަށް ވީކްލީ ފިޒިކަލް ރިޕޯޓުން ދައްކައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި