Sunday, 26 July 2026
Ads by

ހިމަބިހި ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ދަށަށް ގޮސްފި

ހިމަބިހި ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ދަށަށް ގޮސްފި

ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި (މީސަލްސް) ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މަދުވާން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

Ad Image
Ads by

އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ހަފުތާގައި ރާއްޖެއިން ހިމަބިހި ޖެހިގެން ރިޕޯޓްކޮށްފައިވަނީ 22 މީހުންނެވެ. މިއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު ދަށް އަދަދެކެވެ. ކުރީ ހަފުތާގައި މި ބަލި ޖެހިގެން 23 މީހަކު ރިޕޯޓްކޮށްފައިވެއެވެ.

މި ފަހުން ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެންނަން ފެށި ފަހުން، މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 166 އަށް އަރާފައެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ބަލިން ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭއިން ކުރިއަށްގެންދާ ވެކްސިން ޖެހުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 9,918 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. މީގެ ތެރޭގައި ވެކްސިން ފުރިހަމަކޮށްފައިވާކަން ކަށަވަރުނުވާ ފަރާތްތަކާއި، ބަލި ޖެހުނު މީހުންނާ ގާތުން ބައްދަލުވި ފަރާތްތައް ހިމެނެއެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމަކަށް ވީނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް، ބަލީގެ ކޭސްއެއް ފެންނައިރަށް ދަނީ ސިއްހީ ކުއްލި ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން ބަލި ޖެހޭ މީހުން ދެނެގަތުމާއި، ކޮންޓެކްޓް ޓްރޭސިން ހެދުމުގެ އިތުރުން އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދެއެވެ.

އެޗްޕީއޭއިން އިލްތިމާސްކުރަނީ ހުން އައުމާއެކު ގައިގައި ރަތް ބިހި ނެގުން، ކެއްސުން، އަދި ލޯ ރަތްވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށެވެ. އަދި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ވެކްސިން ފުރިހަމަކުރުމަކީ އެންމެ މުހިންމު ފިޔަވަޅުކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި