Wednesday, 9 September 2026
Ads by

އެއަރ ކާގޯ ޗައިނާ 2026 މައުރަޒުގައި އެމްއޭސީއެލް އިން ބައިވެރިވެ، ވެލާނާ އެއަރޕޯޓުގެ ކާގޯ ޚިދުމަތްތައް ދައްކާލައިފި

އެއަރ ކާގޯ ޗައިނާ 2026 މައުރަޒުގައި އެމްއޭސީއެލް އިން ބައިވެރިވެ، ވެލާނާ އެއަރޕޯޓުގެ ކާގޯ ޚިދުމަތްތައް ދައްކާލައިފި

ޗައިނާގެ ޝަންހާއީގައި ބޭއްވި ބައިނަލްއަގުވާމީ ”އެއަރ ކާގޯ ޗައިނާ 2026“ މައުރަޒުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އިގެ ކާގޯ ޚިދުމަތްތަކަށް ލިބެމުންދާ ބޮޑު ކުރިއެރުންތައް ދުނިޔެއަށް ދައްކާލައިފިއެވެ

Ad Image
Ads by

މި މައުރަޒުގައި އެމްއޭސީއެލް އިން ވަނީ އިންޑިއާ ކަނޑުގެ މުހިންމު ޓްރާންސްޝިޕްމަންޓް މަރުކަޒަކަށް ވުމަށް ރާއްޖެއަށް އޮތް ފުރުސަތުތަކާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފަރާތްތަކަށް މަޢުލޫމާތު ދީފައެވެ. މި ފެއަރގެ ހަވާސާގައި ދުނިޔޭގެ އެކި އެއަރލައިންތަކާއި، ލޮޖިސްޓިކްސް ދާއިރާގެ އިސް ފަރާތްތަކާ ބައްދަލުކޮށް، އޭޝިއާގެ މާކެޓްތަކާ އޮތް ގުޅުން ވަރުގަދަކުރުމަށާއި، ޔޫރަޕާއި އުތުރު އެމެރިކާ އަދި ސީ.އައި.އެސް ސަރަހައްދަށް އޮންނަ ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ.

އެމްއޭސީއެލް އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހަކީ ވީއައިއޭގެ ކާގޯ އޮޕަރޭޝަނަށް ތާރީޚީ ކުރިއެރުންތަކެއް ލިބުނު މުއްދަތެކެވެ.
އެގޮތުން މި މުއްދަތުގައި 36,367 ޓަނުގެ ކާގޯ ހޭންޑްލްކޮށްފައިވާއިރު، މިއީ ކުރީ އަހަރާ އަޅާބަލާއިރު 5 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން ޓްރާންސްޝިޕްމަންޓް ކާގޯގެ ގޮތުގައި 7,982 ޓަނު އުފުލާފައިވާއިރު، މިއީ 15 އިންސައްތައިގެ އިތުރުވުމެކެވެ.

ޚާއްޞަކޮށް ފްރައިޓަރ އޮޕަރޭޝަންތަކަށް ވަނީ ބޮޑު އިންގިލާބީ ބަދަލެއް އައިސްފައެވެ. 2025 ވަނަ އަހަރާ އަޅާބަލާއިރު 174 އިންސައްތައިގެ ބޮޑު ކުރިއެރުމަކާއެކު، 358 ފްލައިޓެއްގައި 2,925 ޓަނުގެ މުދާ ވަނީ އުފުލާފައެވެ. އަދި 12 ޖުލައި 2026 ގައި އެއް ދުވަހެއްގެ ތެރޭގައި 140 ޓަނުގެ ޓްރާންސްޝިޕްމަންޓް ކާގޯ ހޭންޑްލްކޮށް، އެއަރޕޯޓުގެ ތާރީޚުގައި އާ ރެކޯޑެއް ވަނީ ގާއިމުކޮށްފައެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރާއްޖެއަށް ޓްރާންސްޝިޕްމަންޓް މުދާ އެންމެ ގިނައިން އެތެރެވި ގައުމުތަކުގެ ތެރޭގައި ސްރީލަންކާއަށް ފަހު ދެވަނައިގައި އޮތީ ޗައިނާއެވެ. ރާއްޖެ މެދުވެރިކޮށް އެންމެ ގިނަ މުދާ ފޮނުވާފައިވަނީ އެމެރިކާއަށެވެ.

ވީއައިއޭގެ ކާގޯ ދާއިރާ ކުރިއެރުވުމުގައި 2024 ވަނަ އަހަރު ތައާރަފްކުރި ”ސީ-ޓޫ-އެއަރ“ޚިދުމަތް ބޮޑު ދައުރެއް އަދާކުރެއެވެ. މި ޚިދުމަތުގެ ދަށުން މިހާތަނަށް 5,000 ޓަނަށްވުރެ ގިނަ ކާގޯ އުފުލާފައިވާއިރު، މީގެ ތެރޭގައި ކޮލަމްބޯ، މުމްބާއީ އަދި ޑާކާ ފަދަ ސަރަހައްދީ ބަނދަރުތަކުން އަންނަ މުދާ ރާއްޖެ މެދުވެރިކޮށް ދުނިޔޭގެ އެކި މަންޒިލްތަކަށް ފޮނުވުން ހިމެނެއެވެ.

އެމްއޭސީއެލްއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ފިނި މޫސުމުގައި އެއަރލައިންތަކުގެ ޖާގަ އިތުރުވެ، ޔޫރަޕްގެ އާ މަންޒިލްތަކަށް ދަތުރުތައް ފެށުމާއެކު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ވަރުގަދަ ލޮޖިސްޓިކް ހަބަކަށް ވެގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި