Wednesday, 9 September 2026
Ads by

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އެންމެ އިސްވެރިޔާ ނުވަތަ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި، އެ މަޤާމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

Ad Image
Ads by

މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖޭއެސްސީން ހުޅުވާލާފައިވަނީ މި ހިނގާ މަހުގެ 8 ވަނަ ދުވަހުއެވެ. މި މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަމްޖަދު މުޞްޠަފާ މިދިޔަ އޭޕްރީލް މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޖޭއެސްސީން އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން މި މަޤާމަށް ކުރިމަތިލެއްވި ބޭފުޅުން

ހޫދު މުޙައްމަދު / ވަލުގެ، ގދ.މަޑަވެލި
އަޙްމަދު ރިފްޢަތު / ސީފިޔާގެ، ރ.މަޑުއްވަރީ
އާދަމް ޝަމީމު / މަލާޒް، ދ.މާއެނބޫދޫ
އާމިނަތު ނަޝްމީ ފަޟީލް / މ.ޒޭވަރު، މާލެ
ޢާއިޝަތު ޙިކްމާ / އަސްރަފީވިލާ، ސ.ހިތަދޫ
އިސްމާޢީލް ސާޖިދު / މއ.ވިލާރޮދި، މާލެ
މުޙައްމަދު ނިޔާޒް / ނައިޓްރޯސް، މ.ރަތްމަންދޫ
މަރްޔަމް ޝަހާނާ / މ.މެދުރިޔާ، މާލެ
މަރްޔަމް ނިހާޔަތު / މ.ތާޖް، މާލެ
ޝަފީޤާ ނަޢީމް / ބީޗްސައިޑް، ފ.ނިލަންދޫ

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި، އިދާރީ ހިންގުމުން ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއެކު، އެ ދާއިރާތަކުން މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. އަދި އުމުރުން 60 އަހަރުން ދަށުގެ މީހަކަށް ވާންޖެހޭއިރު، ސިޔާސީ އެއްވެސް މަޤާމެއް ފުރަމުންދާ ފަރާތަކަށް ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެގެން ނުވާނެއެވެ. މީގެ އިތުރުން، ޖިނާއީ ބޮޑެތި ކުށްތަކާއި ބަދުއަޚްލާޤީ ކުށްތަކުން ބަރީއަވެފައިވާ ފަރާތަކަށް ވާންޖެހެއެވެ.

މި މަޤާމަކީ ބޮޑު މުސާރައަކާއި އިނާޔަތްތަކެއް ކަނޑައެޅިފައިވާ މަޤާމެކެވެ. އެގޮތުން އަސާސީ މުސާރައިގެ ގޮތުގައި 30,000 ރުފިޔާ، އެގްޒެކްޓިވް އެލަވެންސްގެ ގޮތުގައި 27,235 ރުފިޔާ އަދި ފޯނު އެލަވެންސްގެ ގޮތުގައި 2,000 ރުފިޔާ ލިބޭނެއެވެ.

ޖޭއެސްސީން މިހާރު ކުރިއަށް ގެންދަނީ ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމުގެ މަސައްކަތެވެ. ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމުގެ މަރުޙަލާ ކުރިއަށް އޮތް ދުވަސްތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި