Monday, 27 July 2026
Ads by

ސްޕެއިންގެ ކާމިޔާބީއަށް ބޮޑުވަޒީރު މަރުހަބާ ވިދާޅުވެއްޖެ

ސްޕެއިންގެ ކާމިޔާބީއަށް ބޮޑުވަޒީރު މަރުހަބާ ވިދާޅުވެއްޖެ

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ކާމިޔާބުކޮށް، ސްޕެއިންގެ ގައުމީ ޓީމު އެނބުރި ގައުމަށް ދިއުމުން އެ ގައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ޓީމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިހާރު އަލްޖީރިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ރައީސާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ސަންޗޭޒް ވިދާޅުވީ، މިއަދަކީ ސްޕެއިންގެ ތާރީޚުގައި ވަރަށް ކާމިޔާބު އަދި އުފާވެރި ދުވަހެއް ކަމަށެވެ. މި ބޮޑު ކާމިޔާބީ ގައުމަށް ހޯދައިދިން ކުޅުންތެރިންނާއި ކޯޗިންގ ޓީމަށް ބޮޑުވަޒީރު ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ބޮޑުވަޒީރު ސަންޗޭޒް އިތުރަށް ސިފަކުރެއްވި ގޮތުގައި، މި ކާމިޔާބީއަކީ ހަމައެކަނި ޓީމަށް ލިބުނު ކާމިޔާބީއެއް ނޫން ކަމަށާއި، މިއީ މުޅި ސްޕެއިންގެ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ޝަރަފެކެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ސްޕެއިން ތަށި އުފުލާލީ، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ބައްދަލުކޮށް 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ބޮޑުބައެއް އާޖެންޓީނާގެ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި، ސްޕެއިން މޮޅުވީ އިތުރު ވަގުތުގެ ތެރޭގައި ބަދަލު ކުޅުންތެރިޔާ ފެރާން ޓޯރޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި ސްޕެއިންގެ ގައުމީ ޓީމު މިހާރު ވަނީ ވޯލްޑް ކަޕް ތައްޓާއެކު އެނބުރި ގައުމަށް ގޮސްފައެވެ. ޓީމަށް މަރުހަބާ ކިއުމަށް ސްޕެއިންގެ މަގުތަކަށް މިލިއަން ސަޕޯޓަރުން ވަނީ ޖަމާވެފައެވެ. މިއީ ސްޕެއިން އަށް ވޯލްޑްކަޕް ކާމިޔާބުވި 2 ވަނަ ފަހަރެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
udha vnews
ކ. އަތޮޅުން ފެށިގެން އައްޑު އަތޮޅަށް އުދައަރާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
psm udha photo
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
20260726_063413
ބާލިންގައި އެލްޖީބީޓީ ހަރަކާތެއްގެ ތެރެއަށް ކާރެއް އަރުވާލާ ދިން ޙަމަލާއެއްގައި މީހަކު މަރުވެ 16 މީހުން ޒަޚަމްވެއްޖެ، ލާދީނީ ހަރަކާތްތައް ވަގުތުން ހުއްޓާލައިފި
IMG_6640
ދެ އަހަރުން 590 މަޝްރޫއު ނިންމައިފި، މިއީ ކުރީގެ ސަރުކާރުތަކަށް ވުރެ ބޮޑު ކުރިއެރުމެއް: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shoppingmall
ރާއްޖޭގައި ބޮޑު ޝޮޕިންގ މޯލެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shoppingmall
ރާއްޖޭގައި ބޮޑު ޝޮޕިންގ މޯލެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި