Sunday, 26 July 2026
Ads by

އިޙްތިރާމް އާލާކުރާ ޖީލެއް ބިނާކުރުމުގެ ޤައުމީ މަޝްރޫޢަށް ޚިޔާލު ހޯދަން ފަށައިފި

އިޙްތިރާމް އާލާކުރާ ޖީލެއް ބިނާކުރުމުގެ ޤައުމީ މަޝްރޫޢަށް ޚިޔާލު ހޯދަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ”އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު“ ފެށުމަށް ބޭނުންވާ މުހިންމު ޚިޔާލުތައް ހޯދުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

Ad Image
Ads by

މި މަޝްރޫޢާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ބޭއްވި ޚާއްޞަ ވޯކްޝޮޕް ފައްޓަވައިދެއްވީ މިނިސްޓަރ ފޮރ ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދުއެވެ. މި ބައްދަލުވުމަކީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ފަށްޓަވާ މަޝްރޫޢެއް ކަމަށެވެ. އަދި މި މަޝްރޫޢު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ކަމާގުޅުންހުރި ފަރާތްތަކުގެ ތަނަވަސް އަދި މުހިންމު ޚިޔާލުތައް ބޭނުންވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އެކަކު އަނެކަކަށް އިޙްތިރާމްކުރާ، ޤަދަރުކުރާ އަދި ރީތި އަޚްލާޤީ ސިފަތަކުން ޒީނަތްތެރިވެފައިވާ ޖީލެއް ބިނާކުރުން ކަމަށެވެ. އަދި މި ބައްދަލުވުމުގެ ތެރެއިން ލިބޭ ޚިޔާލުތަކުގެ އެހީގައި، މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް އަންނާނެ ފަދަ ނަތީޖާއެއް ހާސިލުކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

”އަޅުގަނޑު އެދެނީ ތިޔަ އެންމެހާ ބޭފުޅުން ވަރަށް ގުޅިގެން މި މަޝްރޫޢު ކުރިއަށް ގެންދެވުމަށްޓަކާ ތިޔަ ދެއްވާ ޚިޔާލުން އިރާދުކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރިއަށް ދެވިދާނެ. މިފަދަ ރީތި ސިފަތަކުން ޒީނަތްތެރިވެފައިވާ ޖީލެއް ބިނާކުރުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވޭނެ މުހިންމު ކަންތައްތަކެއް މީގެ ނަތީޖާއިން ހާސިލް ކުރެވިގެންދާނެ،“ ހީނާ ވަލީދު ވިދާޅުވިއެވެ.

މި ވޯކްޝޮޕްގައި އެކި ދާއިރާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން، މަޝްރޫޢު ހިންގާނެ ގޮތްތަކާއި، މުޖުތަމަޢުގައި އިޙްތިރާމް އާލާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި