Wednesday, 9 September 2026
Ads by

ވޯލްޑް ކަޕް ސްޕެއިން ކާމިޔާބު ކުރުމުން ފަލަސްތީނުގެ ރައްޔިތުން ކުލަގަދަކޮށް އުފާފާޅުކޮށްފި

ވޯލްޑް ކަޕް ސްޕެއިން ކާމިޔާބު ކުރުމުން ފަލަސްތީނުގެ ރައްޔިތުން ކުލަގަދަކޮށް އުފާފާޅުކޮށްފި

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފޯރިގަދަ ފައިނަލް މެޗު ސްޕެއިން ކާމިޔާބު ކުރުމާ ގުޅިގެން، ފަލަސްތީނުގެ ޣައްޒާ އާއި ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި އެ ގައުމުގެ ރައްޔިތުން ވަރަށް ކުލަގަދަކޮށް އުފާފާޅުކޮށްފިއެވެ.

Ad Image
Ads by

މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަގުތަކަށް ނުކުމެ، ސްޕެއިންގެ ދިދަ ހިފައިގެން އަޑުގަދަކޮށް އުފާފާޅުކޮށްފައެވެ. ޣައްޒާގެ ހާލަތު ނާޒުކު ނަމަވެސް، އެކި ތަންތަނުގައި ވަގުތީ ގޮތުން ބޮޑެތި ސްކްރީންތައް ބަހައްޓައިގެން މެޗު ބަލަން ޖަމާވި މީހުންގެ މޫނުމަތިން ފެނިގެންދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. މީގެ އިތުރުން، އެކި ސްޓޭޑިއަމްތަކަށް އެއްވި މީހުން ވެސް ވަނީ ސްޕެއިންގެ މޮޅާއެކު ތަހުނިޔާ ކިޔައި، އެ ގައުމަށް ސަޕޯޓްކޮށްފައެވެ.

ލަމީން ޔަމާލް ފަލަޞަޠީނުގެ ދިދަ އުފުލައިގެން..

ފަލަސްތީނުގެ ރައްޔިތުން ސްޕެއިންގެ މި ކާމިޔާބީ މިހާ ކުލަގަދަކޮށް ފާހަގަކުރި އެންމެ ބޮޑު ސަބަބަކީ، ފަލަސްތީނުގެ މައްސަލައިގައި ސްޕެއިންގެ ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތެވެ. ވަކިން ހާއްސަކޮށް، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ސްޕެއިންގެ ސަރުކާރުން ބައިނަލްއަގުވާމީ މައިދާނުގައި ދެމުންގެންދާ ވަރުގަދަ އެއްބާރުލުމަށް ޝުކުރު އަދާކުރުމުގެ ގޮތުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުންވެސް ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތު ކުރަމުންދާ ދަނޑިވަޅެއްގައި، ބައިނަލްއަގުވާމީ ކުޅިވަރުގެ މިފަދަ މައިދާނެއްގައި ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރާ ގައުމަކުން ހޯދި މި ކާމިޔާބީއަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ފެނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި