Saturday, 24 October 2026
Ads by

ތިލަފުށީ ގޮނޑުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި

ތިލަފުށީ ގޮނޑުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކ. ތިލަފުށީގެ ކުނި ގޮނޑުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

Ad Image
Ads by

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ތިލަފުށީ ގޮނޑުގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ (19 ޖުލައި 2026) ގެ 21:30 އެހައިކަންހާއިރުއެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، އަލިފާން ނިއްވުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ވަނީ ފަށާފައެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން މިހާރު ދަނީ އެ ސަރަހައްދުގައި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ. ގޮނޑުގައި ހުރި ކުނިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އެ ސަރަހައްދުގައި ބޮޑަށް ދުންބޯވެފައިވާކަން ފާހަގަކުރެވެއެވެ.

މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އަލިފާން ރޯވާން ދިމާވި ސަބަބު ބެލުމަށްޓަކައި ކުރަންޖެހޭ ތަހުގީގުތައް ފުލުހުން ކުރަމުންދާނެ ކަމަށް ވަނީ ބުނެފައެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ކުނި އުކާލާ މައި މަރުކަޒު ކަމަށްވާތީ، މިފަދަ ހާދިސާތަކުގެ ސަބަބުން ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ބައެއް ފަހަރު ދަތިތަކާ ކުރިމަތިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި