Sunday, 26 July 2026
Ads by

ވޯލްޑް ކަޕަށްފަހު ’ހައިޑްރޭޝަން ބްރޭކް‘ މެދުކަނޑާލުމުގެ ފުރުސަތު ބޮޑު: ފީފާ

ވޯލްޑް ކަޕަށްފަހު ’ހައިޑްރޭޝަން ބްރޭކް‘ މެދުކަނޑާލުމުގެ ފުރުސަތު ބޮޑު: ފީފާ

ވޯލްޑް ކަޕްގެ މެޗުތަކުގެ މެދުތެރެއިން ފެން ބުއިމަށް ދޭ ”ހައިޑްރޭޝަން ބްރޭކް“ އާ މެދު ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން، މި މުބާރާތަށްފަހު އެ އުސޫލު ކުރިއަށް ނުގެންގޮސް ހުއްޓާލުމުގެ ފުރުސަތު އެބައޮތް ކަމަށް ފީފާއިން ހާމަކޮށްފިއެވެ.

Ad Image
Ads by

ފީފާގެ ޗީފް އޮފް ފުޓްބޯލް ޑިވެލޮޕްމަންޓް، އާސެން ވެންގާ މިކަން ހާމަކުރެއްވީ އާދީއްތަ ދުވަހު އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ފައިނަލް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ބޭއްވި މި ބައްދަލުވުމުގައި ވެންގާ ވިދާޅުވީ، ކޮންމެ ހާފެއްގެ މެދުތެރެއިން މަޖުބޫރުކޮށްފައިވާ ތިން މިނެޓުގެ މި މެދުކެނޑުމުގެ ސަބަބުން ކުޅުންތެރިންގެ ކުޅުމަށް ނުވަތަ މެޗުގެ ފޯރިއަށް އެދެވޭ ބަދަލެއް އަންނަކަން ދައްކައިދޭ އެއްވެސް ހެއްކެއް އަދި ފެންނާން ނެތް ކަމަށެވެ.

”ބައެއް މީހުން މިކަމާ ހިތްހަމަނުޖެހޭ. ވޯލްޑް ކަޕަށްފަހު މީގެ އަސަރުތައް އަޅުގަނޑުމެން ދިރާސާކުރާނަން،“ ކުރިން އާސެނަލްއަށް ކޯޗުކޮށްދިން ވެންގާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ފީފާގެ ބޭނުމަކީ ފުޓްބޯޅަ ބަލާ މީހުންނަށް ފުރިހަމަ ހިދުމަތެއް ދިނުން ކަމަށާއި، މުބާރާތް ނިމުމުން މިކަމުގައި ވަކި ގޮތެއް ނިންމާނެ ކަމަށެވެ.

މި ފަހަރުގެ މުބާރާތުގައި އަލަށް ތައާރަފުކުރި އެހެން ގަވާއިދުތަކަށް ވެންގާ ތައުރީފު ކުރެއްވިއެވެ. އެގޮތުން، ކުޅުންތެރިއަކު ފަރުވާއަށް އެދިއްޖެނަމަ ދަނޑުން ބޭރުގައި އެއް މިނެޓު މަޑުކުރަންޖެހޭ ގަވާއިދުގެ ސަބަބުން، މެޗަކަށްވީ މެޑިކަލް ފަރުވާގެ އަދަދު 2.3 އިން 1.6 އަށް ދަށްވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް ހައިޑްރޭޝަން ބްރޭކާ މެދު ގިނަ ބައެއްގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. ކުރިން މިފަދަ ބްރޭކްތައް ދެނީ ހަމައެކަނި މޫސުން ވަރަށް ހޫނުނަމަ ރެފްރީގެ އިހުތިޔާރުގައެވެ. އަދި އެއީ 90 ސިކުންތުގެ ވަގުތެކެވެ. އެކަމަކު މި ފަހަރު ކޮންމެ މެޗެއްގައި ތިން މިނެޓުގެ މެދުކެނޑުމެއް މަޖުބޫރުކުރުމުން، މޫސުން ފިނި އަދި އޭސީ ކޮށްފައިވާ ސްޓޭޑިއަމްތަކުގައިވެސް ކުޅުން މެދުކަނޑަން ޖެހެއެވެ. މިސާލަކަށް، ސިއެޓްލްގައި ކުޅުނު މިސްރު-އީރާން މެޗުގައި 16 ޑިގްރީ ސެލްސިއަސްގައިވެސް މި ބްރޭކް ދީފައިވެއެވެ.

ސަޕޯޓަރުން ތުހުމަތުކުރާ ގޮތުގައި ފީފާއިން މި ބްރޭކް ތައާރަފުކުރީ ބްރޯޑްކާސްޓަރުންނަށް އިޝްތިހާރު ދެއްކުމަށް ފުރުސަތު ދިނުމަށެވެ. މީގެ އިތުރުން، މެޗުގެ ފޯރި ކެނޑި، މޮޅަށް ކުޅެމުންދާ ޓީމުގެ ރިދަމް ގެއްލޭ ކަމުގެ ޝަކުވާވެސް ވަނީ ބޮޑުވެފައެވެ. ބައެއް ޓީމުތަކުން މި ބްރޭކަށްފަހު ވަގުތުން ލަނޑު ވަދެފައިވާކަންވެސް ފާހަގަކުރެވެއެވެ.

ވެންގާ ވިދާޅުވީ ސިއްހީ ގޮތުން ބަލާއިރު ބައެއް މެޗުތަކުގައި މިއީ މުހިންމު ކަމެއް ކަމަށް ވިޔަސް، ސަޕޯޓަރުންގެ ޚިޔާލަށް ރިއާޔަތްކޮށް ގޮތްތަކެއް ނިންމާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި