Sunday, 26 July 2026
Ads by

އެމެރިކާއިން އީރާނުގެ ފެން ސާފުކުރާ މަރުކަޒަކަށް ޙަމަލާދިނުމުން 10,000 އަށްވުރެ ގިނަ މީހުން ފެނަށް ޖެހިއްޖެ

އެމެރިކާއިން އީރާނުގެ ފެން ސާފުކުރާ މަރުކަޒަކަށް ޙަމަލާދިނުމުން 10,000 އަށްވުރެ ގިނަ މީހުން ފެނަށް ޖެހިއްޖެ

"އީރާނުގެ ސެމީ-އޮފިޝަލް 'މެހެރް' ނިއުސް އެޖެންސީން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، ބޯފެން ރައްކާކުރާ ތާނގީގެ ފުރާޅު ވެއްޓިފައިވާ މަންޒަރެވެ. (މެހެރް)

އެމެރިކާއާއި އީރާނާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ތެރެއިން، އީރާނުގެ ދެކުނުގައި ހުރި ބޯފެން އުފައްދާ މަރުކަޒަކަށް އެމެރިކާއިން ބޮންއަޅައި އެއްކޮށް ހަލާކުކޮށްލުމާ ގުޅިގެން 10,000 އަށްވުރެ ގިނަ ރައްޔިތުން ބޯފެނުން މަޙްރޫމްވެ، ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

Ad Image
Ads by

އީރާނުގެ ’ތަސްނީމް‘ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ވައިގެ ސިފައިން ޙަމަލާދީފައިވަނީ ހުރުމްޒްގާން ޕްރޮވިންސްގެ ޖާސްކް ކައުންޓީގައި އޮންނަ ’ބުންޖީ‘ ކިޔާ އައްސޭރިފަށުގެ އަވަށެއްގައި ހުންނަ ފެން ސާފުކުރާ މަރުކަޒަށެވެ.

ހުރުމްޒްގާން ވޯޓާ އެންޑް ވޭސްޓްވޯޓާ ކޮމްޕެނީގެ ސީ.އީ.އޯ ޙަމްޒާ ޕޫރް ބުނިގޮތުގައި، މި ޙަމަލާގައި ކަނޑުން ފެން ދަމާ ޕަމްޕުތަކާއި އެތަނަށް ކަރަންޓުދޭ ޓްރާންސްފޯމަރު ވަނީ އެއްކޮށް ގޮއްވާލާފައެވެ.

މިއާއެކު އެ ސަރަހައްދުގެ 20 އަވަށަކަށް ބޯފެން ފޯރުކޮށްދިނުން ވަނީ އެއްކޮށް ހުއްޓިފައެވެ. އެ އަވަށްތަކުގައި ދިރިއުޅޭ 10,000 އެއްހާ ރައްޔިތުން މިހާރު ތިބީ ބޯފެނަށް ޖެހި، ވަރަށް ދަތި ޙާލަތެއްގައެވެ. މިއީ ހަނގުރާމައިގެ ތެރެއިން އާންމު ރައްޔިތުންގެ ޒަރޫރީ ވަޞީލަތްތަކަށް އަމާޒުކޮށް ދެމުންދާ ވަރަށް ނުރައްކާތެރި ޙަމަލާތަކެކެވެ. މީގެ ކުރިން އީރާނުން ވެސް ވަނީ ކުވައިތުގައި ހުރި ކަރަންޓާއި ފެން ސާފުކުރާ މަރުކަޒަކަށް ޙަމަލާދީފައެވެ. އދ. ގެ ތަޖުރިބާކާރުން ބުނާގޮތުގައި އާންމުން ބޭނުންކުރާ ފެން ނެޓްވޯކްތަކަށް ޙަމަލާދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ހަނގުރާމައިގެ ބޮޑު ކުށެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި