Wednesday, 9 September 2026
Ads by

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ 98 އިންސައްތަ ފުލުހުން ހޯދައިފި

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ 98 އިންސައްތަ ފުލުހުން ހޯދައިފި

2026 ވަނަ އަހަރުގެ ޖުލައި މަހުގެ 5 އިން 11 އަށް މާލޭގެ އެކި ސަރަހައްދުތަކުން ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލުނު ކަމަށް ރިޕޯޓްކުރި ފައިސާގެ ބޮޑު ބައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދައިފިއެވެ.

Ad Image
Ads by

ފުލުހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި މާލޭގެ އެކި ޕޮލިސް ސްޓޭޝަންތަކަށް ހުށަހެޅުނު ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ޖުމްލަ 838,434 (އަށްލައްކަ ތިރީސް އަށްހާސް ހަތަރުސަތޭކަ ތިރީސް ހަތަރު) ރުފިޔާ ގެއްލިފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

މި މައްސަލަތައް ތަހުގީގުކޮށް ފުލުހުން ކުރި މަސައްކަތުން، ގެއްލުނު ފައިސާގެ ތެރެއިން 826,730 (އަށްލައްކަ ސައްބީސްހާސް ހަތްސަތޭކަ ތިރީސް) ރުފިޔާ ވަނީ ކާމިޔާބުކަމާއެކު އަނބުރާ ހޯދާފައެވެ. މިއީ ރިޕޯޓްކުރި ފައިސާގެ 98 އިންސައްތައަށްވުރެ މަތީ އަދަދެކެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މި ކާމިޔާބީއަކީ މައްސަލަތައް ތަހުގީގުކުރުމާއި، ވަގަށް ނަގާފައިވާ ތަކެތި ހޯދައި އޭގެ ހައްގުވެރިންނަށް ރައްދުކޮށްދިނުމަށް ފުލުހުން ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާއެވެ. އަދި މިއީ ފުލުހުންގެ މެދުގައި އޮތް ބަދަހި ގުޅުމާއި، މުޖުތަމައަށް ޚިދުމަތްކުރުމުގައި އޮތް ސާބިތުކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް ފުލުހުން ފާހަގަކުރެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި