Sunday, 26 July 2026
Ads by

އިންގްލެންޑުން ފްރާންސް ބަލިކޮށް ވޯލްޑް ކަޕްގެ ބްރޯންޒް މެޑަލް ހޯދައިފި

އިންގްލެންޑުން ފްރާންސް ބަލިކޮށް ވޯލްޑް ކަޕްގެ ބްރޯންޒް މެޑަލް ހޯދައިފި

އެމެރިކާގެ މަޔާމީގައި ކުޅުނު ވޯލްޑް ކަޕްގެ ތިންވަނަ ހޮވާ މެޗުގައި ފްރާންސް 6-4 އިން ބަލިކޮށް، 1966 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އިންގްލެންޑުން ވޯލްޑް ކަޕް މެޑަލްއެއް ހާސިލުކޮށްފިއެވެ.

Ad Image
Ads by

މިދިޔަ ދެ ވޯލްޑް ކަޕްގައި ވެސް ފައިނަލުން ފެނުނު ފްރާންސާ ދެކޮޅަށް އިންގްލެންޑުން ނުކުތީ ބަދަލުތަކަކާ އެކުގައެވެ. މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުން ދެއްކި މޮޅު ކުޅުމާއެކު ހަތަރު ގޯލުގެ ލީޑެއް ނެގިއެވެ. މެޗުގެ ތިންވަނަ މިނެޓުގައި ޑެކްލަން ރައިސް ކާމިޔާބުކޮށްދިން ގޯލުން ފެށިގެން އިންގްލެންޑުގެ އެޓޭކްތައް ވަރުގަދަވިއެވެ.

އޭގެ ފަހުން އެޒްރީ ކޮންޒާ އަދި ބުކާޔޯ ސަކާގެ ދެ ގޯލާއެކު އިންގްލެންޑް ފުރަތަމަ ހާފު ނިންމާލީ ފްރާންސަށް މާބޮޑު ފުރުސަތެއް ނުދީއެވެ.

ދެވަނަ ހާފުގައި ފްރާންސުން ވަނީ އެޓީމުގެ ކުޅުން މުޅިން ބަދަލުކޮށްފައެވެ. އެޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭ ވަނީ ދެ ގޯލު ޖަހައި، ވޯލްޑް ކަޕް ތާރީހުގައި ޖެހި 22 ގޯލާއެކު ލިއޮނެލް މެސީގެ ރެކޯޑު މުގުރާލައިފައެވެ. ފްރާންސްގެ ބްރެޑްލީ ބާކޯލާ ވެސް އެޓީމަށް ގޯލެއް ޖަހައިދީ އުންމީދު އާކޮށްދިނެވެ.

ނަމަވެސް އިންގްލެންޑުން ދިފާއުވަރުގަދަކޮށް، ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައި އުނދަގޫތަކެއް ކުރިމަތިކުރުވިއެވެ.

މެޗުގެ ފަހު ވަގުތުކޮޅު ސަކާގެ ޕެނަލްޓީއަކާއެކު އޭނާ ހެޓްރިކް ފުރިހަމަކުރިއެވެ.

މީގެ އިތުރުން ޖޫޑް ބެލިންހަމް އިންގްލެންޑަށް ހަވަނަ ގޯލު ޖަހައިދިނުމާއެކު ފްރާންސްގެ ހުރިހާ އުންމީދެއް ފެނަށް ދިޔައެވެ. މި މެޗު ނިމިގެން ދިޔައީ ޖުމްލަ 10 ގޯލު ފެނިގެންނެވެ. މިއީ ވޯލްޑް ކަޕް ތާރީހުގައި ވެސް ތިންވަނަ ހޮވާ މެޗެއްގައި އެންމެ ގިނަ ގޯލު ޖެހި މެޗުގެ ގޮތުގައި ރެކޯޑުތަކުގެ ތެރެއަށް ވަދެގެން ގޮސްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި