Wednesday, 12 August 2026
Ads by

ސަރުކާރުގެ ތަރައްޤީގެ ދުވެލި އަވަސްވުމާއެކު ނަޝީދަށް ކެތްނުވެގެން މަޝްރޫޢުތައް ހުއްޓާލަން ގޮވާލައިފި

ސަރުކާރުގެ ތަރައްޤީގެ ދުވެލި އަވަސްވުމާއެކު ނަޝީދަށް ކެތްނުވެގެން މަޝްރޫޢުތައް ހުއްޓާލަން ގޮވާލައިފި

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު..

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ފަށްޓަވާފައިވާ ހަލުވި ދުވެލި ފެނިވަޑައިގެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކެތްތެރިކަން ކުޑަވެ، ތަރައްޤީގެ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލެއްވުމުން ސިޔާސީ ދާއިރާގައި ބޮޑެތި ފާޑުކިޔުންތަކެއް އެމަނިކުފާނަށް އަމާޒުވެއްޖެއެވެ.

Ad Image
Ads by

ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ، ޑޮލަރުގެ އަގު ތިރިނުވަނީސް ސަރުކާރުން ކުރިއަށްގެންދާ އުމްރާނީ ހުރިހާ މަސައްކަތްތަކެއް ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވި ގޮތުގައި، އަސާސީ ޚިދުމަތްތަކަށް ކުރާ ޚަރަދު ފިޔަވައި އިތުރު އެއްވެސް ތަރައްޤީގެ މަޝްރޫޢަކަށް ސަރުކާރުން ޚަރަދުކުރުމަކީ މިވަގުތު ރަނގަޅު ކަމެއް ނޫނެވެ.

ޤައުމުގެ ތަރައްޤީއަށް ހުރަސްއެޅޭ ފަދަ މޭރުމަކުން ވާހަކަދައްކަވަމުން ނަޝީދު އިތުރަށް ލަފާދެއްވީ، ރަށްރަށުގައި މިހާރު ނުނިމި ހުރި މަޝްރޫޢުތައް ރަށު ކައުންސިލްތަކާ ޙަވާލުކުރުމަށެވެ. އަދި ކައުންސިލްތަކުން ’ކްރޮސް ސަބްސިޑީ‘ އުޞޫލުން ފައިސާ ހޯދައިގެން އެ މަސައްކަތްތައް ނިންމިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދުގެ މި ވާހަކަތަކާ ގުޅިގެން ގިނަ ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، މިއީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ލިބިދޭ ތަރައްޤީއަށް ހަސަދަވެރިވެ، އެކަން ހުއްޓުވަން ކުރައްވާ މަސައްކަތެކެވެ. ޚާއްޞަކޮށް، ޤައުމު ބިނާކުރުމުގެ ބިޔަ މަޝްރޫޢުތައް ބާރުސްޕީޑުގައި ކުރިއަށް ގެންދަވާތީ، ނަޝީދަށް އެކަން ބަލައިގަންނަން އުނދަގޫވެފައިވާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އިޤްތިޞާދީ ދަތިކަމުގެ އުޒުރު ދައްކަވައި، ރަށްރަށުގެ ބަނދަރާއި، މަގުހެދުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހުއްޓާލަން ނަޝީދު ގޮވާލެއްވުމަކީ، ރާއްޖޭގެ ރަށްތައް ތަރައްޤީވުމަށް އެމަނިކުފާނު ނޭދޭ ކަމުގެ ހެއްކެއްގެ ގޮތުގައި އާންމުން ދަނީ ސިފަކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mfda
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ ފޭކު އިންޖެކްޝަނެއް ރާއްޖެ އެތެރެކުރުމާ ގުޅިގެން ސަމާލުވާން އެދިއްޖެ
IMG_7715
ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި
IMG_7699
އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމައަށް ޝާއިއުކުރި 3 ވަނަ ކުންފުންޏަކަށް އާރްޑީސީ
d0955384-f0c1-4424-b42a-f7fa8ae48877
އެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް "އެއިމް" އިފްތިތާހުކޮށް، ފުރަތަމަ ބެޗް ދަސްވެނިވެއްޖެ
Ads by
މަގުބޫލު
AB6DE163-F653-4B48-BBD4-7ED2187353D2
ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން އުޅުނު ޒުވާން ނަރުސް މިއަދު އަމިއްލަ ފުރާނައަށްޓަކައި އެހީއަކަށް އެދި އާދޭސްކުރަނީ
770688466_27000402432966038_4102168319744938549_n
ކުރީގެ ބޮޑުވަޒީރު ފާމުދޭރިކިލެގެފާނުގެ ކާފަދަރިކަނބަލުން ޤުލްފިޝާން އަވަހާރަވެއްޖެ
HO_gaNOaAAE4pqQ
ސަޕްލައި ދޯންޏެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ސިފައިންގެ މީހަކާއި ފުލުހަކާއި ކައްޕި ގެއްލިއްޖެ
20260809_104625
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ތެޔޮ އުޅަނދަކަށް ޙަމަލާދީ އޮމާނު ކައިރިން ދެވަނަ އުޅަނދަކަށްވެސް ޙަމަލާ އަމާޒުވެއްޖެ!