Sunday, 25 October 2026
Ads by

ރައްދެބައިމަގުގައި ސައިކަލެއް ކޮންޓްރޯލް ނުވެ ގުދަނެއްގެ ދޮރުގައި ޖެހި އެކްސިޑެންޓެއް ހިނގައިފި

ރައްދެބައިމަގުގައި ސައިކަލެއް ކޮންޓްރޯލް ނުވެ ގުދަނެއްގެ ދޮރުގައި ޖެހި އެކްސިޑެންޓެއް ހިނގައިފި

މާލޭ ރައްދެބައިމަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި، ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި ކޮންޓްރޯލް ނުވެ ގޮސް ގުދަނެއްގެ ދޮރުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

Ad Image
Ads by

ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 2026 ޖުލައި 17 ވަނަ ދުވަހުގެ ރޭ މެންދަމު 00:15 އެހައިކަންހާއިރުއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ރައްދެބައިމަގުން ދުއްވާފައި ދިޔަ ސައިކަލެއް، އެ މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް ސައިކަލެއްގައި ޖެހި، ދުއްވަން އިން މީހާއަށް ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ކައިރީގައި ހުރި ގުދަނެއްގެ ދޮރުގައި ޖެހިގެންނެވެ.

މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާތީ، އޭނާއަށް ފަރުވާ ދިނުމަށްޓަކައި ވަނީ ވަގުތުން އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި އެކްސިޑެންޓުގެ ސަބަބުން އެ ސަރަހައްދުގައި އޮތް ދެ ސައިކަލަށާއި، ސައިކަލު ގޮސް ޖެހުނު ގުދަނުގެ ދޮރަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން މިހާރު ވަނީ އެކްސިޑެންޓްގައި ހިމެނޭ ސައިކަލް ޓޯވ ކޮށްފައެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި