Sunday, 26 July 2026
Ads by

ޑޯޓްމަންޑުން ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ ބަލިކޮށްފި

ޑޯޓްމަންޑުން ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބޮރޫޝިއާ ޑޯޓްމަންޑުން 1-0 އިން ޕީއެސްޖީ ބަލިކޮށްފިއެވެ.

Ad Image
Ads by

އަމިއްލަ ދަނޑުގައި ރޭ ބޮރޫޝިއާ މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. ބަލިކުރި ލަނޑު 36 ވަނަ މިނިޓްގައި ޖެހީ ޖަރުމަނުގެ ފޯވާޑް ނިކޮލަސް ފުލްކުރުގްއެވެ.

ދެ ވަނަ ހާފު ފަށައިގެން ޕީއެސްޖީން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގައި، ކީލިއަން އެމްބާޕޭ އާއި އަޝްރަފް ހަކީމީ ޖެހި ބޯޅަތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މި ދެ ޓީމުގެ ދެވަނަ ލެގު އޮންނާނީ އަންނަ ހަފްތާގައި ފްރާންސްގައެވެ. މި މެޗު އެއްވަރުވިޔަސް ފައިނަލުން ފުރުސަތު ލިބޭނީ ބޮރޫޝިއާއަށެވެ. މި ނަތީޖާއާ އެކު ފައިނަލުގެ ޖާގައެއް ޕީއެސްޖީން ބޭނުންނަމަ އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ޑޯޓްމަންޑް ބަލިކުރަން ޖެހޭނެއެވެ.

ސެމީ އަށް ބޮރޫޝިއާ ދަތުރު ކުރީ ކުއާޓާ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ކަޓުވާލާފައެވެ.

ސެމީގެ އެއް މެޗުގައި ޕީއެސްޖީއާ ބޮރޫޝިއާ ކުޅޭއިރު، ސެމީގެ އަނެއް މެޗުގައި ކުޅެނީ ރިއާލް މެޑްރިޑާ ބަޔާން މިއުނިކެވެ. މި ދެ ޓީމުގެ ފުރަތަމަ ލެގު ނިމުނީ ދެ ލަނޑު ދެ ލަނޑުން އެއްވަރު ވެގެންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
fhtfw
ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރައްވައިފި
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި