Sunday, 25 October 2026
Ads by

މާލެ ސަރަހައްދުގައި ޕާކިންގ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށަނީ

މާލެ ސަރަހައްދުގައި ޕާކިންގ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މާލޭ ސަރަހައްދުގެ ޕާކިންގ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، މި އަހަރުގެ ތެރޭގައި ދެ ޕާކިންގ ބިލްޑިންގ އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ”ދަ ޕަލްސް“ ޕޮޑްކާސްޓްގެ ހަތަރު ވަނަ އެޕިސޯޑުގައި ދެއްވި އިންޓަރވިއުއެއްގައި ރައީސް ވިދާޅުވީ، މާލޭގެ ތޮއްޖެހުމާއި އުޅަނދުތައް އިތުރުވުމުގެ މައްސަލައަކީ ވަގުތީ ހައްލެއް ގެނެސްގެން ނިންމާލެވޭނެ ކަމެއް ނޫން ކަމަށެވެ. މި މައްސަލައަށް އޮތް ހައްލެއްގެ ގޮތުން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެ މަގު އާންމުންނަށް ހުޅުވާލުމުން މާލޭގެ އެތެރޭގެ މަގުތަކުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕާކިންގ ބިލްޑިންގތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެންމެ ފުރަތަމަ މި މަސައްކަތް ބޭރުގެ އެހީގައި ކުރިއަށްގެންދަން ނިންމުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލަސްތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް، ސަރުކާރުން މިހާރު ނިންމާފައިވަނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މި އަހަރުގެ ތެރޭގައި ދެ އިމާރާތެއްގެ މަސައްކަތް ފެށުމަށް ކަމަށެވެ.

މީގެ އިތުރުން، މިހާރުވެސް ދެ ޕާކިންގ ބިލްޑިންގއެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއުތައް ނިމުމުން އުޅަނދުތައް ޕާކުކުރުމުގައި ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ. އަދި ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ތެރެއިން ޕާކިންގއަށް ހާއްސަ ޖާގަތަކެއް ކަނޑައެޅިފައިވާތީ، މުސްތަގުބަލުގައި މި މައްސަލައަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި