Saturday, 24 October 2026
Ads by

ޗައިނާގެ އެހީގައި މާލޭގެ މަގުތައް ހަދަން އަންނަ އަހަރު ފަށަނީ

ޗައިނާގެ އެހީގައި މާލޭގެ މަގުތައް ހަދަން އަންނަ އަހަރު ފަށަނީ

މާލޭގެ މަގުތައް ހަދަން އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Ad Image
Ads by

ރައީސް އޮފީހުން ކުރިއަށްގެންދާ ދަ ޕަލްސް ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތައް އެއްކޮށް ތަރައްގީކޮށް ޒަމާނީ ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

މީގެ ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި މަގުތައް ހެދުމުގެ ބޮޑު މަޝްރޫއެއް ހިންގި ނަމަވެސް، އޭގެ ފަހުން މަގުތައް ބެލެހެއްޓުމުގައި އިހުމާލުތަކެއް ވެފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

މި މަޝްރޫއަކީ މާލޭގެ ރައްޔިތުންނަށް ވެވަޑައިގެންނެވި މުހިންމު ވައުދެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަސައްކަތް ފެށިގެން ދެން ނިމޭނީ ހުރިހާ މަސައްކަތެއް ފުރިހަމައަށް ނިންމައިގެން ކަމަށެވެ. މީގެ އިތުރުން ޗައިނާގެ އެހީގައި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޒަމާންތަކެއް ވީ ބޮޑު މައްސަލައަކަށް މި އަންނަނީ ހައްލެއް. އޭގެ ތެރޭގައި ހަމައެކަނި ފަސޭހަ، ހިތްގައިމު މަގުތަކެއް ލިބެނިކީ ނޫން – ރައީސް

މި މަޝްރޫއުގެ ދަށުން މަގުތައް ތަރައްގީކުރާއިރު، ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސްޓޯމްވޯޓާ ޑްރައިނޭޖް ނިޒާމެއް ގާއިމުކުރެވޭނެ އެވެ. އަދި އިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިން ނިޒާމާއި، އަލިފާން ނިއްވުމަށް ބޭނުންކުރާ ފަޔާ ހައިޑްރަންޓް ނިޒާމު ވެސް މަގުތަކުގައި ބަހައްޓާނެ އެވެ.

މި ބަދަލުތަކާއެކު، މަގުތަކަކީ ހަމައެކަނި ދަތުރުފަތުރަށް ފަސޭހަ ތަންތަނަކަށް ހެދުމުގެ އިތުރުން، ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ބޭރު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހި ނިންމާފައިވާއިރު، ދެ ވަނަ ފިޔަވަހީގެ މަސައްކަތްތައް ވެސް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން އިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް އޮންނަ ސަރަހައްދުގެ މަސައްކަތް ނިންމައި އަންނަ ހަފުތާގައި ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ސަރަހައްދުގައި 500 ސައިކަލު ޕާކުކުރެވޭނެ ޖާގައެއް ކަނޑައަޅާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެއަށްފަހު، އެމްޕީއެލް އިން ފެށިގެން ރަސްފަންނާ ހަމައަށް ބޮޑުތަކުރުފާނު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހި ފެށުމަށް ވަނީ ރާވައިފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ހިދުމަތްތަކާއި ފުރުސަތުތައް އަދި ބޯހިޔާވަހިކަން ލާމަރުކަޒުކޮށް ސަރަހައްދީ ތަރައްގީ ގެނެސްގެންނެވެ. ރާއްޖޭގެ އާބާދީގެ 40 ޕަސެންޓު މީހުން ދިރިއުޅޭ މާލޭ ސަރަހައްދަށް ބޭނުންވާ މިފަދަ ހައްލުތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އިސްކަމެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ބަބުލޫ
ބަބުލޫ
3 މަސް ކުރިން

އަބަފުވެސް ދެން ޖެހޭ އަހަރު. ޙެހެ. އަނެއްމާ އަންނަ އަހަރުގެ އިންތިހާބު ކާމިޔާބު ވީމައަެ ފަހުން ނުބުނާނެ ވާހަކަ ވިދާޅު ނުވާނެބާ!!!ި

Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި