Wednesday, 9 September 2026
Ads by

އެމެރިކާއިން އީރާނަށް ދެމުންގެންދާ ޙަމަލާތަކުގެ ހަވަނަ ރޭ: އާންމުންނާއި އުމްރާނީ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް

އެމެރިކާއިން އީރާނަށް ދެމުންގެންދާ ޙަމަލާތަކުގެ ހަވަނަ ރޭ: އާންމުންނާއި އުމްރާނީ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް

(އީރާނަށް ލިބުނު ގެއްލުންތައް ދައްކުވައިދޭ ފޮޓޯ ކޮލާޖެއް)

އެމެރިކާއިން އީރާނަށް ދެމުންގެންދާ އަސްކަރީ ޙަމަލާތައް ވަރުގަދަކޮށް، މެދުކެނޑުމެއްނެތި ޖެހިޖެހިގެން ހަވަނަ ރެޔަކަށް ބޮޑެތި ޙަމަލާތަކެއް ދީފިއެވެ. ރޭގަނޑު ދިން މި ޙަމަލާތަކުގައި މަދުވެގެން 8 މީހުން މަރުވެ 20 މީހުން ޒަޚަމްވެފައިވާއިރު، އީރާނުގެ ދެކުނާއި ހުޅަނގުގެ ސަރަޙައްދުތަކުގައިވާ އަސްކަރީ ތަންތަނާއި އާންމު އުމްރާނީ ވަސީލަތްތަކަށް ވަނީ އަމާޒުކޮށްފައެވެ.

Ad Image
Ads by

އެންމެ ފަހުގެ ޙަމަލާތައް އަމާޒުވެފައިވަނީ މުހިންމު ލޮޖިސްޓިކް އަދި މީހުން ދިރިއުޅޭ ސަރަޙައްދުތަކަށެވެ. ހޮރްމޮޒްގާން ޕްރޮވިންސްގެ ބަންދަރު ޚަމީރު ކައިރީގައިވާ ހައެއްކަ ބްރިޖަކަށް އެމެރިކާއިން ދިން ޙަމަލާތަކުގައި މަދުވެގެން 7 މީހުން މަރުވެ 9 މީހުން ވަނީ ޒަޚަމްވެފައެވެ. މުހިންމު ބަނދަރެއް އޮންނަ ބަންދަރު އައްބާސްގެ ”ﷲ اكبر“ ކިޔާ މީހުން ދިރިއުޅޭ ސަރަޙައްދަކަށް ދިން ޙަމަލާއެއްގައި އެކަކު މަރުވެ 8 މީހުން ޒަޚަމްވެފައިވާއިރު، އެ ރަށުގެ ރޭލު ސްޓޭޝަނަކާއި މުވާސަލާތީ ޓަވަރުތަކަށްވެސް ވަނީ ޙަމަލާދީފައެވެ.

އީރާނުގެ ސިއްޙަތާބެހޭ ވުޒާރާގެ ޕަބްލިކް ރިލޭޝަންސްގެ ވެރިޔާ ޙުސެއިން ކަރްމާންޕޫރު ހާމަކުރިގޮތުގައި، މި މަހުގެ ތެރޭގައި އެމެރިކާއިން އަލުން ފެށި އަސްކަރީ އޮޕަރޭޝަންތަކުގައި މިހާތަނަށް 38 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭއިރު، 400 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ބަންދަރު އައްބާސްގެ ކަރަންޓު ވިއުގަތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވެފައިވާއިރު، އީރާންޝަހަރުގެ އެއަރޕޯޓަކަށްވެސް ވަނީ ޙަމަލާދީފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ މި އައު ޙަމަލާތައް ދީ ނިމިފައިވާކަން ކަށަވަރުކޮށްދީފައެވެ. އެފަރާތުން ބުނެފައިވަނީ މި އޮޕަރޭޝަންތަކުގެ މަޤްސަދަކީ އީރާނުގެ އަސްކަރީ ޤާބިލުކަން، ޚާއްސަކޮށް ވައިގެ ދިފާޢީ ނިޒާމުތަކާއި ކަނޑުމަތީގެ ވަސީލަތްތައް ނައްތާލުން ކަމަށެވެ.
މި ޙަމަލާތައް ބަދަލުކުރެވެމުން މިދަނީ، ޕާކިސްތާނު މެދުވެރިވެގެން ފާއިތުވި މަހު ދެގައުމުގެ ދެމެދުގައި ވެވުނު ސުލްޙައިގެ އެއްބަސްވުން ރޫޅުމާ ގުޅިގެންނެވެ. ދުނިޔޭގެ ހަކަތައިގެ ބާޒާރަށް މުހިންމު މަގެއް ކަމަށްވާ ހުރްމޫޒް ކަނޑުއޮޅި އެމެރިކާއިން އަލުން ބަންދުކުރުމަށް މަސައްކަތްކުރަމުންދާއިރު، އީރާނުގެ ސިފައިން ދަނީ ސޫރިޔާ، ކުވައިތު އަދި އޮމާން ފަދަ ސަރަޙައްދުތަކުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ރައްދުގައި ޙަމަލާދެމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި