Sunday, 26 July 2026
Ads by

މިޔަންމާ ކައިރިން ދެ ބޯޓު ވަނީ ފެތިފައި: 500 އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން ނިޔާވެފައިވާ ކަމަށް ބެލެވޭ

މިޔަންމާ ކައިރިން ދެ ބޯޓު ވަނީ ފެތިފައި: 500 އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން ނިޔާވެފައިވާ ކަމަށް ބެލެވޭ

2024 ވަނަ އަހަރުގެ މާރޗް މަހު، އިންޑޮނޭޝިއާގެ ދެކުނު އާޗޭގެ އައްސޭރިފަށުގެ ބޭރުން، ބަންޑުންޖަހާލާފައިވާ އުޅަނދުގެ މަތީގައި ސަލާމަތްކުރާނެ އިރަކަށް އިންތިޒާރުކުރަމުންދާ ރޮހިންޔާ ރެފިއުޖީންތަކެއް ޙާލުގައި ޖެހިފައި. (އޭއެފްޕީ)

ބުދު ދީނަށް ނިސްބަތްވާ މިޔަންމާ އަސްކަރީ ވެރިކަމުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ކަނޑުމަގުން ދަތުރުކުރި 500 އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން، އެމީހުން ދަތުރުކުރި ދެ ބޯޓު ފެތުމުގެ ސަބަބުން ނިޔާވެފައިވާކަމަށް އދ. އިން ލަފާކޮށްފިއެވެ. މިއީ ފަހުގެ ތާރީޚެއްގައި ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް ކަނޑުމަތީގައި ދިމާވި އެންމެ ހިތާމަވެރި އެއް ހާދިސާއެވެ.

Ad Image
Ads by

އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އަދި ޔޫ.އެން.އެޗް.ސީ.އާރު އިން ބުނިގޮތުގައި، 250 މީހުންނާއެކު ޖޫން މަހުގެ ފަހުކޮޅު މިޔަންމާގެ ރާޚައިން ސްޓޭޓުން ފުރި ބޯޓެއް ވަނީ ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޚަބަރު ހުސްވެފައެވެ.

280 މީހުންނާއެކު ދަތުރުކުރި ދެވަނަ ބޯޓު ފެތިފައިވަނީ ޖުލައި 8 ވަނަ ދުވަހު މިޔަންމާގެ އަޔެޔާވާދީ އައްސޭރިފަށަށެވެ. މި ބޯޓުތަކުގައި ގިނައިން ތިބީ ރޮހިންޔާ މުސްލިމުންނެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގެ ރެފިއުޖީ ކޭމްޕުތަކުން އައި މީހުންވެސް ހިމެނެއެވެ.

އދ. ގެ އިދާރާތަކުން ފާހަގަކުރާ ގޮތުގައި، މި ދަތުރުތައް ކޮށްފައިވަނީ އާންމުކޮށް ކަނޑުދަތުރުކުރާ މޫސުމުން ބޭރުން، މޫސުން ވަރަށް ގޯސް ދުވަސްވަރެއްގައެވެ. ވިއްސާރަވުމާއި ކަނޑުގަދަވުމުގެ ސަބަބުން މި ދަތުރުތަކުގެ ނުރައްކާ އޮތީ އިންތިހާއަށް ބޮޑުވެފައެވެ.

މިޔަންމާގެ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް 1.2 މިލިއަން ރޮހިންޔާ މުސްލިމުން މިހާރުވެސް ދިރިއުޅެމުންދަނީ ބަންގްލަދޭޝްގެ ތޮއްޖެހިފައިވާ ކޭމްޕުތަކުގައެވެ. ޔޫ.އެން.އެޗް.ސީ.އާރު އިން ބުނާގޮތުގައި ފާއިތުވި 2025 ވަނަ އަހަރަކީ މި މަގުން ދަތުރުކުރި މީހުންނަށް އެންމެ ނުރައްކާތެރި އަހަރެވެ. އެ އަހަރު 6،500 މީހުން ދަތުރުކުރިއިރު، 900 އެއްހާ މީހުން ވަނީ ކަނޑުމަތީގައި މަރުވެ ނުވަތަ ގެއްލިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި