Saturday, 24 October 2026
Ads by

ގަވާއިދާ ހިލާފަށް އުޅުނު 12,000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް

ގަވާއިދާ ހިލާފަށް އުޅުނު 12,000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް

އިމިގްރޭޝަނުން މީގެކުރިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން--- ފޮޓޯ: އިމިގްރޭޝަން

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދިޔަ 12,000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

Ad Image
Ads by

ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން، އިމިގްރޭޝަނާއި ހޯމް މިނިސްޓްރީ ގުޅިގެން ދަނީ ހަލުވި މިނެއްގައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، 17 ނޮވެމްބަރު 2023 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް، ޖުމްލަ 12,552 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ. މީގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅުމުގެ ސަބަބުން ޑީޕޯޓްކުރި ފަރާތްތަކުގެ އިތުރުން، އެކި ސަބަބުތަކާ ހުރެ ފޮނުވާލެވުނު މީހުން ހިމެނެއެވެ.

ވަކިން ހާއްސަކޮށް ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންނާއި، ސައްހަ ލިޔެކިޔުން ނެތް ފަރާތްތައް ދެނެގަތުމަށް މާލެ ސަރަހައްދާއި އަތޮޅުތަކުގައި ސިލްސިލާ ރެއިޑްތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ.

ބިދޭސީންގެ މައްސަލަ ހަރުދަނާ އުސޫލެއްގެ ދަށުން ހައްލުކުރުމަށްޓަކައި، ވޯކް ޕާމިޓްތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ވަރުގަދަކޮށްފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާރު ރާއްޖޭގައި ސައްހަ ވޯކް ޕާމިޓާއެކު 208,937 ބިދޭސީން އުޅެމުންދާއިރު، މީގެ ތެރެއިން 2 ލައްކައަށްވުރެ ގިނަ މީހުންގެ ބަޔޯމެޓްރިކްސް ވަނީ ނަގާފައެވެ.

މި ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ގަވާއިދާ ޚިހިފަށް އުޅޭ ބިދޭސީންގެ މައުލޫމާތު އާންމުންނަށް ސިއްރުކަމާއެކު ރިޕޯޓްކުރެވޭނެ ”އިމިގްރޭޝަން ވޮޗް“ ޕްލެޓްފޯމް މިހާރު ވަނީ ތައާރަފުކޮށްފައެވެ. ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ފާހަގަވެއްޖެނަމަ ލަސްނުކޮށް އެކަން ރިޕޯޓް ކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި