Sunday, 25 October 2026
Ads by

ރަހުމެއްނެތި ކުޅުނު އިނގިރޭސިން ސައިޒުކޮށް އާޖެންޓީނާ ފައިނަލަށް!

ރަހުމެއްނެތި ކުޅުނު އިނގިރޭސިން ސައިޒުކޮށް އާޖެންޓީނާ ފައިނަލަށް!

ފީފާ ވޯލްޑްކަޕް 2026 ގެ ދެވަނަ ސެމީ ފައިނަލްގައި ރޭ އިންގްލެންޑާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 2-1 އިން ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

Ad Image
Ads by

އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ފުޓްބޯޅައިގެ ތާރީޚުގައި އުފެދިފައިވާ އެންމެ ވާދަވެރި އެއް ރައިވަލްރީ އާކޮށްދިން މެޗެކެވެ. 1986 ވަނަ އަހަރު މަރަޑޯނާ ޖެހި ”ހޭންޑް އޮފް ގޯޑް“ ލަނޑާއި، 1998 ގައި ޑޭވިޑް ބެކަމްއަށް ދެއްކި ރަތް ކާޑުގެ ހަނދާންތަކާއެކު، މި މެޗު ފެށުނީވެސް ދެ ގައުމުގެ ދެމެދުގައި ސިޔާސީ ބަަހުގެ ހަމަލާތަކެއް ބަދަލުކުރެވެމުންދަނިކޮށެވެ. އެގޮތުން އާޖެންޓީނާގެ ނައިބު ރައީސް ވިކްޓޯރިއާ ވިލަރޫއަލް ވަނީ އިންގްލެންޑަށް ނިސްބަތްކޮށް ”ފޭރޭ ކަނޑުފޭރޭން“ (pirates) ފަދަ ބަސްތަކުން މުޚާތަބު ކުރައްވާފައެވެ.

ބުދަ ދުވަހު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރުމާއި، ގިނަ ފައުލްތަކެއް ފެނިގެން ގޮސްފައިވެއެވެ. މިއީ މި މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ، ދުނިޔޭގެ ރޭންކިންގެ ގަދަ 10 އެއްގައި ހިމެނޭ ވަރުގަދަ ޓީމަކާ ބައްދަލުކުރާ ފުރަތަމަ މެޗަށްވުމުން، ދަނޑުމަތީގެ މަސްލަހަތު އޮތީ ވަރަށް ބޮޑަށް ހޫނުވެފައެވެ. މެޗުގެ ކުރީކޮޅުން ފެށިގެން ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގައި، ރެފްރީއަށް ވަނީ ކުޅުންތެރިން މައިތިރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައެވެ. ޚާއްޞަކޮށް ފައުލްތަކާ ގުޅިގެން އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުން މެޗުގެ ފޯރި ވަނީ އިތުރަށް ގަދަވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް، މެޗުގެ ފޯރިގަދަވެގެން ދިޔައީ ދެވަނަ ހާފުގައެވެ. މެޗުގެ 55 ވަނަ މިނެޓުގައި އެންތަނީ ގޯޑަން ޖަހައިދިން ލަނޑާއެކު އިންގްލެންޑުން ލީޑު ނެގިއެވެ. ނަމަވެސް، މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި އާޖެންޓީނާ އިން ވަނީ ކުޅުން ވަރުގަދަކޮށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ.

އެގޮތުން 86 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް ފޮނުވާލި ހިތްގައިމު ހަމަލާއަކުން އާޖެންޓީނާއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރުވަގުތުގެ ގޮތުގައި ދެއްކި 9 މިނެޓުގެ ތެރެއިން 90+2 ވަނަ މިނެޓުގައި ލައުޓާރޯ މާޓިނޭޒް ބޮލުން ޖެހި ލަނޑާއެކު އާޖެންޓީނާ ފައިނަލުގެ ޖާގަ ކަށަވަރުކުރިއެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ.

ގަދަފަދަ އިންގްލޭންޑް ބަލިކުރި ސެމީ ފައިނަލް މެޗުގެ ތެރެއިން…

މި ނަތީޖާއާއެކު އިންގްލެންޑުން 1966 ގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑްކަޕް ފައިނަލަށް ދިއުމަށް ކުރި އުއްމީދު ވަނީ ފެނަށް ގޮސްފައެވެ. އަނެއްކޮޅުން އާޖެންޓީނާ ވެގެން ގޮސްފައިވަނީ 1962 ވަނަ އަހަރު ބްރެޒިލްގެ ފަހުން، ވޯލްޑްކަޕްގެ ތަށި ދިފާއުކުރުމުގެ ފުރުސަތު ފައިނަލުގައި ލިބުނު ފުރަތަމަ ގައުމަށެވެ.

އާދިއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި އާޖެންޓީނާ ބައްދަލުކުރާނީ މިހާރުވެސް ފައިނަލުން ޖާގަ ހޯދާފައިވާ ސްޕެއިންއާއެވެ. އާޖެންޓީނާ އަމާޒު ހިފާފައިވަނީ ތާރީޚުގައި ތަށި ދިފާއުކުރި ތިންވަނަ ގައުމުގެ ޝަރަފު ހޯދުމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި