Monday, 27 July 2026
Ads by

ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅި ގައުމަށް އޭގެ ގެއްލުން ލިބޭ: ޝަރީފް

ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅި ގައުމަށް އޭގެ ގެއްލުން ލިބޭ: ޝަރީފް

ބީއެމްއެލްގެ ސީއީއޯ ޝަރީފް--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅި ގައުމަށް އެކަމުގެ ގެއްލުން ލިބޭކަމަށް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިއަދު ބޭއްވި ”ޔޫތު އޮންޓްރަޕްރިނަރސް އެކްސްޕޯ“ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސީއީއޯ ޝަރީފް ވިދާޅުވީ ހަބަރު ފަތުރާ ވަސީލަތްތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ބައެއް ފަރާތްތަކުން ބޭންކާ މެދު ސައްހަ ނޫން މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. އެގޮތުން ބީއެމްއެލްގައި ޑޮލަރު ނެތް ކަމަށާއި، ބޭންކު ޕްރޮފެޝަނަލްކޮށް ނުހިންގާ ކަމަށާއި، ކޮންޓްރެކްޓަރުންނަށް ލޯނު ދޫކޮށްގެން ނުވާނެ ކަމަށް ބުނެ ފެތުރި ވާހަކަތައް ޝަރީފް ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ މިފަދަ ގޮތަކަށް ވާހަކަ ދައްކައިގެން ބޭންކުގައި ޑޮލަރު ނެތްކަމުގެ ތަސައްވުރެއް އުފެއްދުމުގެ ބޭނުމަކީ ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބޮޑުކުރުން ކަމަށެވެ. ބީއެމްއެލް އަކީ ދިވެހިރާއްޖޭގެ އިގުތިސާދާ ލާމެހި ގުޅިފައިވާ ބޭންކެއް ކަމުން، ބޭންކާ މެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމުން ދިވެހި އިގުތިސާދަށް ފޫނުބެދޭ ފަދަ ގެއްލުން ލިބިދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

”ކޮންމެ މަގުސަދެއްގައި ކަމުގައިވީ ނަމަވެސް މި ބޭންކާ މެދު ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް އަޅުގަނޑު އެދެން،“ – ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްއިން މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަތް ރަށެއްގައި ބީއެމްއެލްގެ ބްރާންޗު ހުޅުވިއެވެ. އަދި ޒުވާން ވިޔަފާރިވެރިން ބިނާކުރުމަށް އާ ފައިނޭންސިން ފެސިލިޓީއެއް ތައާރަފްކޮށް، ޒުވާނުންނަށް އާ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ޑިޖިޓަލް ވޮލެޓް ’ސުވައިޕް‘ އަށް ބޭރުން ފައިސާ ގެނެވޭނެ ހިދުމަތް ވެސް ވަނީ ތައާރަފްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
udha vnews
ކ. އަތޮޅުން ފެށިގެން އައްޑު އަތޮޅަށް އުދައަރާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
psm udha photo
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
20260726_063413
ބާލިންގައި އެލްޖީބީޓީ ހަރަކާތެއްގެ ތެރެއަށް ކާރެއް އަރުވާލާ ދިން ޙަމަލާއެއްގައި މީހަކު މަރުވެ 16 މީހުން ޒަޚަމްވެއްޖެ، ލާދީނީ ހަރަކާތްތައް ވަގުތުން ހުއްޓާލައިފި
IMG_6640
ދެ އަހަރުން 590 މަޝްރޫއު ނިންމައިފި، މިއީ ކުރީގެ ސަރުކާރުތަކަށް ވުރެ ބޮޑު ކުރިއެރުމެއް: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shoppingmall
ރާއްޖޭގައި ބޮޑު ޝޮޕިންގ މޯލެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shoppingmall
ރާއްޖޭގައި ބޮޑު ޝޮޕިންގ މޯލެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި