Sunday, 26 July 2026
Ads by

އެމެރިކާއިން ބަމްޕޫރަށް ދިން މިސައިލް ޙަމަލާއެއްގައި އީރާނު ސިފައިންގެ 7 މީހަކު މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލައިފި

އެމެރިކާއިން ބަމްޕޫރަށް ދިން މިސައިލް ޙަމަލާއެއްގައި އީރާނު ސިފައިންގެ 7 މީހަކު މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލައިފި

އީރާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، މި ޙަމަލާތަކުގެ މަޤްޞަދަކީ ވީހާވެސް ބޮޑު ގެއްލުންތަކެއް ދިނުމެވެ. އީރާންޝަހަރުގެ އިރުދެކުނުން އޮންނަ މި މަރުކަޒުގައި ހުރި، މެހެމާނުން ތިބޭ ގެއަކަށާއި، ގާޑް ޕޯސްޓްތަކަށާއި، އަދި ބޭނުންކުރާ އެކޮމޮޑޭޝަން ފެސިލިޓީތަކަށް 13 މިސައިލް ވަނީ އަމާޒުވެފައެވެ. (ފޮޓޯ: ސޯޝަލް މީޑިއާ)

އެމެރިކާއިން އީރާނުގެ އިރުދެކުނުގައި އޮންނަ ބަމްޕޫރުގެ އަސްކަރީ މަރުކަޒަކަށް ދިން ވަރުގަދަ މިސައިލް ޙަމަލާތަކެއްގައި އީރާނުގެ އެއްގަމު ލަޝްކަރުގެ 7 މީހަކު މަރުވެއްޖެ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ކަށަވަރުކޮށްދީފިއެވެ.

Ad Image
Ads by

އީރާނުގެ ’ތަސްނީމް‘ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެމެރިކާއިން ވަނީ ބަމްޕޫރުގައި ހުންނަ އީރާނު ސިފައިންގެ މަރުކަޒަކަށް 13 މިސައިލުން ޙަމަލާދީފައެވެ.

މި ޙަމަލާތައް އަމާޒުކޮށްފައިވަނީ ސިފައިން ނިދާ ބަރެކްސްތަކަށާއި، ގެސްޓްހައުސްތަކުގެ އިތުރުން ސެކިއުރިޓީ ޕޯސްޓުތަކަށެވެ. އީރާނު ސިފައިން ބުނާގޮތުގައި މިއީ ގިނަ ބަޔަކު މެރުމުގެ މަޤްޞަދުގައި ދިން ޙަމަލާއެކެވެ. މި ޙަމަލާގައި 388 ވަނަ އިރާންޝަހްރު ބްރިގޭޑަށް ނިސްބަތްވާ 7 ސިފައިން މަރުވެ، އިތުރު ބަޔަކު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ.

މި ޙަމަލާއާ ގުޅިގެން އީރާނުގެ އަސްކަރިއްޔާއިން ވަނީ މިއީ އެމެރިކާއިން ހިންގި ޓެރަރިޒަމްގެ އަމަލެއް ކަމަށް ސިފަކޮށް، މިކަމުގެ ބަދަލު ވަރަށް އަވަހަށް އަދި ވަރަށް ހަރުކަށިކޮށް ހިފާނެކަމުގެ އިންޒާރު ދީފައެވެ. މިއީ ހަމައެކަނި އައްސޭރިފަށުގެ ސަރަހައްދުތަކަށް ޙަމަލާދިނުމުގެ ބަދަލުގައި، އެމެރިކާއިން އީރާނުގެ އެތެރޭގެ ސަރަހައްދުތަކަށްވެސް ޙަމަލާދޭން ފެށިކަމުގެ ނިޝާނެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި