Sunday, 25 October 2026
Ads by

ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި ނިންމަނީ، ޖުލައި 26 ގެ ކުރިން މަގު ބޭނުންކުރަން ފަށާނެ

ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި ނިންމަނީ، ޖުލައި 26 ގެ ކުރިން މަގު ބޭނުންކުރަން ފަށާނެ

ބޮޑުތަކުރުފާނު މަގު---

މާލޭ ބޮޑުތަކުރުފާނު މަގުގެ ބާކީ އޮތް ބައިގައި ތާރުއެޅުމުގެ މަސައްކަތް މިއަދުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

Ad Image
Ads by

ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ޢިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ މާރިޗު މަހުގެ 23 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ތާރުއަޅައި މި މަހުގެ އަށްވަނަ ދުވަހު ވަނީ ނިންމާފައެވެ.

ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދުގެ ސަބް ބޭސް އާއި އޭބީސީ ލޭޔަރ އެޅުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، އެ ސަރަހައްދުގައި ތާރުއެޅުމުގެ އެންމެފަހުގެ މަސައްކަތްތައް މިއަދު ނިމޭނެއެވެ.ސަރުކާރުގެ މުހިންމު އޮފީސްތައް ހިމެނޭ މި މަގަކީ ކުރިން ގާ އަތުރާފައި އޮތް މަގެކެވެ. ނަމަވެސް، މަރާމާތު ނުކޮށް ގިނަދުވަސްވުމުގެ ސަބަބުން މަގު ހަލާކުވެ، އަޑިގުޑަންތައް ގިނަވުމުގެ ސަބަބުން މި މަގުގައި ދަތުރުފަތުރު ކުރުމާއި ޕާކުކުރުމުގައި ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

މި މަޝްރޫއު ނިމިގެންދާއިރު މަގުގައި ޕާކުކުރެވޭނެ އިންތިޒާމާއި، މަސްވެރިންގެ ޕާކު ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރެވިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ މައުލޫމާތުދީފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް މިހާރު ވެސް ވަނީ ތާރުއަޅައި ބޭނުންކުރަން ފަށައިފައެވެ. މި މަގު ފުޅާކޮށް ތަރައްގީކުރުމާ ގުޅިގެން އެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ލިބިގެން ގޮސްފައިވާ ކަމަށް މަގު ބޭނުންކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި