Wednesday, 9 September 2026
Ads by

ސައުދީއަށް އަމާޒުކޮށްދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސައުދީއަށް އަމާޒުކޮށްދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ފޮރިންގ މިނިސްޓްރީ ހިންގާ އިމާރާތް--- ފޮޓޯ: އެކި އެމްވީ

ސަޢުދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ބެލިސްޓިކް މިސައިލް ހަމަލާތައް، ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަޢުދީއަށް އަމާޒުކޮށް ދެމުންދާ މިސައިލް ހަމަލާތަކަކީ އެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުމުގެ ގޮތުން ދެމުންދާ ފިނޑި ހަމަލާތަކެއް ކަމަށެވެ. އަދި މިއީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ދަތި އުނދަގޫ ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ސަޢުދީ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކުގައި ކަމަށެވެ. ސަޢުދީ ޢަރަބިއްޔާގެ ސިޔާދަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެކަމުގެ ޔަގީންކަންވެސް ދިވެހި ސަރުކާރުން ވަނީ ދީފައެވެ.

ފޮރިން މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައިމިވަނީ، ހޫތީ ހަނގުރާމަވެރިން ސަޢުދީގެ އެއާޕޯޓަކަށް ވައިގެ މަގުން ނުރައްކާތެރި ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. މެދުއިރުމަތީގެ މަޝްރަހު މިހާރު އޮތް ގޮތުން، ސަރަހައްދީ ސުލްހަ ގާއިމުކުރުމަށްޓަކައި ހަނގުރާމައިގެ ބަދަލުގައި މަޝްވަރާގެ މަގު އިސްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ދިވެހި ސަރުކާރުން ވަނީ އަލިއަޅުއްވާލައްވާފައެވެ.

މެދުއިރުމަތީގެ މަޝްރަހު އަނެއްކާވެސް ހޫނުވެފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ، އެމެރިކާ އާއި އީރާނާ ދެމެދު އޮތް ގުޅުން އަނެއްކާވެސް އިންތިހާއަށް ގޯސްވެފައިވާ ކަމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި